ބަރުދަން ލުއިކުރުމަށް ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ގިނައެވެ. އެގޮތުން ކެއުމުގައި ހިމަނަށްޖެހޭ ފައިދާ ހުރި ކާނާއިން ފެށިގެން ނިދުމުގައި ހިފައްޓަންވީ މިންގަނޑުތަކާއި ނިދި ބޭނުންވާ ވަރަކީވެސް ހިކެން މުހިންމު ބައިތަކެވެ.
އަދި ހަމަ އެހެންމެ ގިނަ ބަޔަކަށް ހިކުމަކީ ބުރަކަމަކަށް ވެފައި ކަސްރަތު ކުރުމަށް ވަގުތު ނުލިބުމުން ބޭނުންވާފަދަ ހަށިގަނޑެއް ނުލިބިފައި އެބަތިއްބެވެ.
މިބަލާލަނީ ހިކެން ބޭނުންނަމަ ދިރިއުޅުމަށް ގެންނަންވީ ބައެއް ދަލުތަކެވެ.
ނިދުން
ބަރުދަން ލުއި ކުރުމަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 7-8 ގަޑިއިރުގެ އަރާމުން ނިއްޖެއް ހަށިގަނޑަށް ދޭންޖެހެއެވެ.
ބޭރުން ކެއުން
އަހަރެމެންގެ އާދަތައް ހުންނަ ގޮތުން ބޭރުން ކެއުމަކީ އެންމެ ގޯސް އެއް އާދަކަމުގައި ވުމަކީ ދެބަސްވެވެން ނެތް ހަގީގަތެވެ. ރެސްޓޯރެންޓް ތަކުން ކެއުމުގެ ސަބަބުން ބުރަ މަސައްކަތުން ބަރުދަން ލުއިކުރަން ތި ކުރާ މަސައްކަތް ބޭކާރުވެދާނެއެވެ.
ހެނދުނުގެ ނާސްތާ
ހެނދުނުގެ ނާސްތާއަކީ ބަރުދަން ލުއިކުރާ މީހުންނަށް އެންމެ މުހިންމު އެއްކެއުމެވެ. އާންމުކޮށް ޑައިޓްރީޝަނުންވެސް ހެނދުގެ ނާސްތާ ނެގުމަށް އިރުޝާދު ދެއެވެ. އަދި ފިޓްނަސް ޓްރެއިނަރުންވެސް މިކަމަށް ބާރުއަޅައެވެ.
ކަސްރަތު
ހަފްތާގެ ކޮންމެ ދުވަހަކީ ވެސް ކަސްރަތު ކުރާ ދުވަހަކަށް ހެދުން މުހިންމެވެ. ކަސްރަތަކީ ބަރުދަން ލުއި ކުރަށް އެންމެ މުހިންމު އެއް ބައެވެ. އަދި ހަމަ އެހެންމެ ދުޅަހެޔޮ ސިއްހަތަކަށް ވެސް ކަސްރަތަކީ މުހިންމު އެއްޗެކެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ޝެޑިއުލް ގައިވެސް ކަސްރަތު ހިމަނާށެވެ.