ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ޒަމާނުންސުރެ އަހަރުމެއް ކުރަމުން އަންނަ ކަމެކެވެ. ރޭގަނޑުގެ އަރާމު ނިދީގެ ކުރިން ދަތް އުނގުޅުމުން ލިބޭ ފައިދާވެސް ގިނަގުނަކަން މާހިރުން ވަނީ ހާމަކޮށްފައެވެ.
ހަމަ މިއާއެކު ރޭގަނޑުގެ ކެއުމުގައި އެންމެ ރަނގަޅު ކާނާ އާއި ކާންވީ ވަގުތާއި ނިދަންވީ ވަގުތަކީވެސް ސިއްހީ މާހިރުންގެ ދިރާސާތަކުން ވަރަށް ގިނައިން ފެންނަ ކަންކަމެވެ.
އަދި ހަމައެއާއެކު ނިދި ހަމަ ކުރުމާއި ނަފްސަށް އަރާމު ނިންޖެއް ހޯދުމުގެ މުހިންމު ކަމަކީވެސް ދިރިއުޅުމުގައި މުހިންމު ކަންކަމެވެ.
އެހެން ކަމުން ހަށިގަނޑަށް ފައިދާ ހުރި ލައިފް ސްޓައިލެއް ކޮންމެ މީހެއްވެސް ބޭނުންވާނެއެވެ. އެގޮތުން ނިދުމުގެ ކުރިން ނުކާންވީ ބައެއް ބާވަތްތަކަށް ބަލައިލާނަމެވެ.
ފިޒީ ޑްރިންކްސް
މިއީ ނިދާ ގަޑި ކައިރިކޮށްފައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މީގެ އިތުރުން ފިޒީ ޑްރިންކްތަކަކީ އެއިން ސިއްހަތަށް ގެއްލުން ދޭ އެއްޗެއްކަމުން ވީހާވެސް ފިޒީ ބުއިންތަކާ ދުރު ވުމަކީ ބުއްދިވެރި ގޮތެވެ.
ފޮނި ކާތަކެތި
ފޮނި ނުވަތަ ހަކުރު އެކުލެވޭ ބާވަތްތަކަކީ ވެސް ނިދާ ގަޑި ގާތްކޮށްފައި ބޭނުން ނުކުރަން މާހިރުން ލަފާދޭ އެއްޗެކެވެ. އެންމެ ކުރީއްސުރެ ވެސް ރޭގަނޑު ނިދާގަޑި ކައިރި ކޮށްފައި މެޓާ ފަދަ ތަކެތި ނުކާންވެސް ބުނާނެވެ. އޭރުގައި ވިސްނައި ދީފައިވަނީ ދަތްތައް ފަނިކާނެތީ ކަމުގައެވެ. ނަމަވެސް ފޮނި އެއްޗެހި ގިނަައިން ބޭނުން ކުރުމުން ސިއްހަތަށް ގެއްލުން ލިބެއެވެ.
ތެލުލި ކާނާ އާއި ޕެކެޓްގައި ބަންދު ކުރި ކާނާ
ނިދަން ކައިރި ކޮށްފައި ތެލުލި ކާނާ ކެމުގެ ސަބަބުން ނިދުމަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި ހަމަ އެހެންމެ ތެލުލި ކާނާގެ ސަބަބުން އޮބޭސިޓީ އާއި ކެންސަރު އަދި ހިތުގެ ބަލިތަކަށްވެސް މަގުފަހިވެއެވެ. ހަމަ އެހެންމެ ޕެކެޓްގައި ބަންދު ކުރި ކާނާ ފާސްޓް ފުޑްގެ ސަބަބުންވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި ރަނގަޅު ލައިފްސްޓައިލެއް ހިޔާރު ކުރުމާކީ މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ