ހިކެން ބޭނުން ނަމަ ކޮފީ މަދުކޮށް ފެން ގިނަކުރޭ!

ހިކެން ބޭނުން ނަމަ ކޮފީ މަދުކޮށް ފެން ގިނަކުރޭ!

Author
ފާތިމަތު ނާވީ
12 މެއި 2022 09:37
0

ގޭގައި ފިޓްކޮށް ތިބުމަށްޓަކައި، މަޝްހޫރު ނިއުޓްރިޝަނިސްޓް އާރޫޝީ އަގަރުވާލް ވަނީ ޓިޕްސްތަކެއް ދީފައެވެ.

ގޭގައި ލޮކްޑައުންވެގެން ތިބުން ވަރަށް އުނދަގޫ ކަމަކަށްވީ އިރު، ގަވައިދުން ޖިމަށް ދާމީހުންނަށްވެސް މިކަމުން ނޭދެވޭ އަސަރު ކުރިއެވެ. ގޭގައި ތިބެގެން ގިނަ މީހުންނަށް ކެވެނީ ހަށިގަނޑަށް ބެލުމެއްނެތިއެވެ. އައިސޮލޭޝަނާއި، ސޯޝަލް ޑިސްޓެންސިންގެ އިތުރުން ޑައިޓު ކުރުމަކީވެސް އުނދަގޫކަމެކެވެ. ރަނގަޅު ސޯޝަލް ޑިސްޓެންސިން އަކީ ފުރިޖު ކައިރިން ދުރުގައި ހުރުމާއެކު ޖަންކުފުޑް އައިސޮލޭޓްކޮށް ބަންދުކުރުން ކަމަށް އާރޫޝީ އަގަރްވާލް ބުނެފައިވެއެވެ.

ފިޓުކޮށް ތިބުމަށް ގޭގައި ޕުލޭނެއް ތައްޔާރު ކުރެވިދާނެއެވެ. ނިދާ ގަޑިތަކާއި ކާގަޑިތައް އަދި ކަސްރަތުކުރާ ގަޑި ތާވަލުކޮށް އެއާއި އެއްގޮތައް އަމަލުކުރެވޭތޯ ބަލާށެވެ. ވީހާވެސް މަދުން ފޯނާއި ލެޕްޓޮޕް ފަދަތަކެތި ބަލާށެވެ.

އެންމެ މުހިންމު ކަމަކީ ފެންބޯލެއް ގިނަކުރުމެވެ. އަބަދުވެސް ގޭގައި އުޅޭއިރު ފެންފުޅި ކައިރީގައި ގެންގުޅޭށެވެ. ގޭތެރޭގައި ވެސް އަބަދު އިށީނދެ، އޮށޯވެ ނޯވެ ހަރަކާތް އިތުރުކުރާށެވެ.

ދެން އެންމެ މުހިންމު ކަމަކީ ކޮފީ ބޮވޭވަރު ގިނަ ނަމަ މަދުކުރުމެވެ. ގިނައިން ކޮފީ ބޯނަމަ ގޭސް، އެންޒައިޓީ އަދި ބޮލުގައިރިއްސުން ފަދަ ކަންކަން ގިނަވާނެއެވެ.

ގަޑިން ގަޑިއަށް ކާށެވެ. ހާއްސަކޮށް ހެދުނުގެ ސަޔަކީވަރަށް މުހިންމު ކެއުމެކެވެ. އޯޓްސް، މޭވާ އަދި ފައިބާ އެކުލެވޭ ތަކެތި ދުވަހުގެ ހުރިހާ ކެއުމެއްގައި ހިމަނާށެވެ. އަބަދުވެސް ގޭގައި ތައްޔާތުކުރާ ތަކެތި ކެއުމަށް އާދަކުރާށެވެ.

ނިދި ހަމަކުރާށެވެ. ދުވާލަކު 8 ނުވަތަ 7 ގަޑިއިރުގެ ނިދި ހަށިގަނޑަށް ބޭނުންވެއެވެ. ނޫންނަމަ މީހާ ސްޓްރެސް ވާވަރު އަވަސްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.