ޖަރަމަނުގެ ގައުމީޓީމުގެ ކުޅުންތެރިން ބައެއްފަހަރު ދޭންވާވަރަށް މެޗުތަކުގައި ސަމާލުކަން ނުދޭކަމަށް ކޯޗު ޖެކޮމެން ލޯ ބުނެފިއެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޗެކްރިޕަބްލިކް އިތުން 1-0 ލަނޑުން މޮޅުވުމަށްފަހު ވާހަކަދައްކަމުން ލޯ ބުނީ މެޗުގައި ހަމައެކަނި މައްސަލަ ފާހަގަކުރެވުނީ ދެވަނަހާފުގައި ކަމަށާއި އެހާފުގައި ކުޅުންތެރިންގެ ސަމާލުކަން ގެއްލިގެން ދިޔަކަމަށެވެ. އޭނާ ބުނީ ކިތަންމެ ކުޑަތަފާތަކުން މޮޅުވި ނަމަވެސް ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ. މެޗުގެ ދެވަނަ ހާފްގައި މަދު ގޯސްތަކެއް ނުހެދުނުނަމަ ދެވަނަ ލަނޑެއް ޖެހުނީސްކަމަށެވެ.
ބައެއްފަހަރު ކުޅުންތެރިން އެންމެ ރަނގަޅަކަށް ސަމާލުކަމެއް ނުދެވޭ، މުޅިމެޗަށް ބަލާއިރު އަހަރެމެން ވަރަށް ރަނގަޅު، ކުޅުންތެރިންގެ ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ.
– ލޯ ބުނެފައިވެއެވެ.
މެޗުގައި ދެވަނަހާފުގައި އިދިކޮޅު ޓީމުން ކުޅުން ރަނގަޅުކޮށް ރަނގަޅަށް ކުޅުނުކަން ލޯ ފާހަގަކުރިއެވެ. މެޗަށް ނުކުތީ ކޮންމެ ނަތީޖާއަކުން ވެސް މޮޅެއް ހޯދަންކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭކަމަށް ލޯ ވަނީ ބުނެފައެވެ. މެޗުގައި އޭނާގެ ޓީމަށް އަލަށް ކުޅުނު ކުޅުންތެރިން ވަރަށް ރަނގަޅަށް ލޯ ވަނީ މެޗަށްފަހު ފާހަގަކޮށްފައެވެ.
ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ޖަރުމަނު އަމިއްލަ ދަނޑުގައި ނުކުންނާނީ ޔުކްރެއިނާ ދެކޮޅަށެވެ.