ފިރިމީހާ ކުރާ މިފަދަ ކަންކަމުން އަބިން ފޫހިވޭ

ފިރިމީހާ ކުރާ މިފަދަ ކަންކަމުން އަބިން ފޫހިވޭ

Author
ފާތިމަތު ނާވީ
09 މެއި 2022 06:23
0

ކައިވެންޏަކީ ދިރިއުޅުމުގެ އައު ފެށުމެކެވެ. ކައިވެންޔަކަށްފަހު ކޮންމެ މީހަކުވެސް އެދޭނީ ހުރިހާ ގޮތަކުންވެސް ތިމާގެ ބައިވެރިޔާގެ އެންމެ މަޤުބޫލު މީހާއަށް ވާށެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކިގޮތެވެ. ބައިވެރިންގެ ގޮތުގައި ލިބެނީ ތަފާތު މީހުނެވެ.

މިއަދުގެ ރިޕޯޓް މި ހާއްސަ ކޮށްލަނީ އަންހެނުނަން ޖަވާޒީ ހަޔާތުގައި ދިމާވާ ވަރަށް ތަފާތު މައްސަލައަކަށެވެ. ތިއީ ހުތުރު މީހެކޭ ނުބުނި ނަމަވެސް އެފަދަ އިޙްސާސްތައް އަނބިމީހާއަށް އިހުސާސްކުރެވޭ ހާލަތްތަކެއްގެ ވާހަކައެވެ. ފިރިމީހާގެ ބައެއް އަމަލުތަކުން އަބިމީހާއަށް އިހުސާސްވާ މި އިހުސާސަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަންކަމެވެ.

ފަހަރުގައި ބައެއް ފިރިހެނުން މިފަދަ އަމަލުތައް ކުރަނީ އެކަންކަމުން އަނބިމީހާއަށް ކުރާނެ އިހުސާސްތައް ނޭނގިކަމަށް ވެދާނެއެވެ. އެހެންނަމަ ތިރީގައިވާ 2 ޕޮއިންޓް ކިޔާލާށެވެ.

  • އެއްގޮތަކަށްވެސް އަނބިމީހާގެ ހިދުމަތްތަކަށް ތައުރީފު ނުކުރުން

ފިރިމީހާ، އަނބިމީހާގެ ހަޔާތުގައި ހިނގާ ކަންތައްތައް ފާހަގަ ނުކުރުމަކީ އަނބިމީހާގެ ހިތަށް އަސަރުކުރުވާކަމެކެވެ. އަންހެން މީހާ ދަރިންބަލާލެއް ރަގަނޅުވެގެން ނޫނީ ކައްކާ ކާއެއްޗެހި މީރުވެގެން، ނޫނީ ފަލަ މީހަކު ހިކުނުކަމަށްވިޔަސް އެކަންވެސް ފާހަގައެއް ނުކުރާނެއެވެ. ފިރިމީހާއަށްޓަކައި ރީތިވިޔަސް ހަށިގަނޑަށް ބަދަލެއް ގެނަޔަސް އެފަދަ ކަންތަައްތަކަށް ތައުރީފުނުކުރާނަމަ އެކަމުން ތިމާއަކީ އެއްވެސް ކަމެއް ފިރިމީހާ ހިތްހަމަޖެހޭގޮތަށް ކޮންނުދެވޭ މީހެކޭ އިހުސާސްވާނެއެވެ.

  • މާބޮޑަށް އެހެން އަންހެނުންނަށް ބެލުމާއި އެމީހުންނަށް ތައުރީފުކުރުމާއި ގާތްގުޅުންތަށް ބޭއްވުން

ފެންނަ އަންހެންކުދިންގެ ރީތިކަމަކީ އަޅާނުލާ ދޫކޮއްލެވޭ ވަރުކަންކަމެއްނޫނެވެ. އެހެން ނަމަވެސް ކައިވެންޏަށް ފަހު އަނބިމީހާއަށްޓަކައި މިފަދަ ކަންކަމުން ދުރުވާން ޖެހެއެވެ. މަގުމަތީގައި ހިނގާފާ ދާއިރު ފެންނަ ކުދިންނަށް ބަލަހައްޓައިގެން ހުރުން ނުވަތަ ފަސް އެނބުރި ބެލުންފަދަ ކަންތަކަމީ އަންހެނުންނަށް ބަލައިގަންނަށް އުނދަގޫ ކަންތައްތަކެކެވެ. އެކުގައި މަސައްކަތްކުރާ އަންހެން ކުދިން ނުވަތަ އެހެން އަންހެން ކުދިންނަށް އެއްވެސް ކަމެއްނެތި މެސެޖުކުރުންފަދަ ކަންތައްތަކުން އަނބިމީހާގެ ހިތަށް އަސަރުކުރެއެވެ. އެހެން އަންހެން ކުދިންގެ ރީތިކަން ފާހަގަކުރުމާއި ތައުރީފުކުރުމުން އެ އަޑުއަހަން އަބިމީހާއަށް އުނދަގޫވެއެވެ.

މިފަދަ ކަންކަމަކީ އަމިއްލަ ކަންކަމޭ، ބެހޭކަށް ނުޖެހެޔޭ ބުނާ މީހުންވެސް ވަރަށް ގިނައެވެ. އެކަމަކުވެސް އަނބިމީހާގެ އިހުސާސްތަކަކީވެސް ތިމާގެ އަމިއްލަ ކަމެކެވެ. ނުބުންޏަސް މިފިދަ ކުދިކުދި ކަންތައްތަކަކީ އަނބިންނަށް ބޮޑެތި ކަންތައްތަކަށް ވެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާ މިކަންކަން ގުޅޭ ހިސާބުން މިކަން ހަޤިޤީ މައްސަލައަކަށް ވެގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.