ބަރުދަން ލުއި ކުރުމަށް ކުޑަ ހިތްވަރެއް!

ބަރުދަން ލުއި ކުރުމަށް ކުޑަ ހިތްވަރެއް!

Author
ފާތިމަތު ނާވީ
09 މެއި 2022 05:43
0

ބަރުދަން ލުއި ކުރުމަކީ އެއްބަޔަކަށް ވަރަށް ފަސޭހަ އަދި އަނެއްބަޔަކަށް ވަރަށް އުދަގޫ ކަމެކެވެ. ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތްތައް ފެނަށް ވާފަހަރުވެސް މަދެއް ނޫނެވެ.

ބަރުދަން ލުއި ނުކުރެވެނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކަމަށް މާހިރުން ބުނެއެވެ. ބަރުދަން ލުއި ކުރުމަށް ލައިފްސްޓައިލާއެކު ކެއުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ބަރުދަން ލުއި ކުރުމަށް ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމުގެ އިތުރުން ބެލެންސް ޑައިޓެއް މުހިންމު ކަަމަށް ޑައިޓްރިޝަނިސްޓް އަޒްރާ ޚާން ބުނެއެވެ. އަދި އޭނާ ވަނީ މިގޮތަށް އެއް ބަރުދަނެއްގައި ހުރުމަށް ކުރެވިދާނެ ތިން ކަމެއް ވެސް ކިޔައިދީފައެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ދިރިއުޅުމުގައި ހަރަކާތްތެރި ވުމެވެ. 7000 އާއި 8000 ފިޔަވަޅު އެޅުން ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމެނުމަށް އޭނާ ލަފާދެއެވެ.

ކަމާ ކަން ފަށާފައި ސާމާނުތަކެއް އެއްކޮށްގެން ކަސްރަތު ނުކުރި ކަމުގައިވިޔަސް ހަފްތާ އަކު މަދުވެގެން 4 ދުވަހު ކަސްރަތު ކުރުމަށް އަޒްރާ ލަފާދެއެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް ލިބިދެއެވެ.

އެއަށްފަހު އެންމެ ފަހު އަދި އެންމެ މުހިންމުކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވަނީ ބަރުދަން ލުއިކުރުމަކީ ބަދިގެއާ ގުޅޭ ކަމެއްގެ ގޮތުގައެވެ. އެއީ ފައިދާ ހުރި އެއްޗެހި ކެއުމެވެ. އަދި ބެލެންސް ޑައިޓެއް ނެގުމެވެ.

ހަމަ އެއާއެކު ގިނައިން ފެން ބުއިމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. ބަރުދަން ލުއި ކުރުމަށް ގިނަ އެކްސްޕާޓުންގެވެސް އިރުޝާދަކީ ކެއުމުގައި ފައިދާ ހުރި ކާނާ ކެއުމާއި ފެން ބުއިން އިތުރު ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ީުޔތކމ މ