ރައީސް ޔާމިނަށް އިންޒާރު ދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ރައީސް ޔާމިނަށް އިންޒާރު ދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި

Author
ހުސެއިން
02 މެއި 2022 06:23
0

ކުރީގެ ރައީސް ޔާމިން ޒައިޒު ކޮށްލާނެކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިންޒާރި ދިން މައްސަލަ ޕީޕިއެމްއިން ފުލުހުންގެ މުވައްސަސާއަށް ހުށަހަޅައިފިއެވެ. ޕީޕީއެމްއިން ބުނެފައިވަނީ މިމައްސަލަ ފުލުހުންގެ މުވައްސަސާއަށް ހުށަހަޅާފައިވަނީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ކަމުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ، މޯލްޑިވްސް ޔޫތު ފޯރސްގެ ނަމުގައި ނުރައްކާތެރި އިންޒާރުތަކެއްދޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ބައެއް ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔާމިނު ސައިޒު ކޮށްލާނޭކަމަށް ބުނެ އިންޒާރު ދީފައިވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރެކެވެ. އަދި އޭނާގެ ނަމަކީ ހުސެއިން ސައީދުކަމަށްވެސް ބައެއް މީޑިއާތަކުންވަނީ ހާމަ ކޮށްފައެވެ.

މޯލްޑިވްސް ޔޫތު ފޯރސްގެ ނަމުގައި އާންމު ކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވަނީ، މިގައުގެ ވެރިކަން ކޮށްފައިވާ މީހަކު މި ގައުމު އިނދަ ޖައްސާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފޯރސްއިން ނުކުތީ ޔާމިނު ސައިޒު ކުރުމަށް ކަމުގައެވެ.

އަޅުގަޑުމެންނަކީ މޯލްޑިވްސް ޔޫތު ފޯރސް. އަލުގަޑުމެން މި ނުކުތީ އޭނާ ސައިޒުކުރަން.

މި ވީޑިއޯގައި ވާހަކަ ދައްކާ މީހާ، ޔާމިނަށް އިންޒާރު ދެމުން ބުނެފައި ވެއެވެ.

ވީޑިއޯގައި އޭނާ ބުނެފައިވަނީ، ޔާމިންވަނީ އިންޑިއާ އައުޓު ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވާ އެ ހަރަކާތް ވަަރަށް ބޮޑަށް ފުޅާ ކޮށްފައި ކަމަށާއި، އެ ފޯރސްއިން އެހަރަކާތާއި ދެކޮޅު ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާ ދަށުވެފައިކަމަށް ވިދާޅުވެ ރައީސް ޔާމިން ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށްވެސް ވީޑީއޯގައި އިންޒާރު ދިން މިހާ ބުނެފައި ވެއެވެ.

ރައީސް ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ޕީޕީއެމްއިން ގެންދަނީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި އިންޑިއާ އައުޓުގެ ނަމުގައި، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ޚާއްސަ ހަރަކާތެއް ހިނަގަމުންނެވެ. އެހެންނަމަވެސް، މި ހަރަކާތް މިހާރުވަނީ ރައީސް ސާލިހުގެ ރިޔާސީ ގަރާރަކުން މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.