ކުރީގެ ރައީސް އަބްދުﷲ ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ، މޯލްޑީވްސް ޔޫތު ފޮރސްގެ ނަމުގައި ނުރައްކާތެރި އިންޒާރުތަކެއް ދިފިއެވެ. ބައެއް ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔާމިނު ސައިޒު ކޮށްލާނޭކަމަށް ބުނެ އިންޒާރު ދީފައިވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރެކެވެ. އަދި އޭނާގެ ނަމަކީ ހުސެއިން ސައީދުކަމަށްވެސް ބައެއް މީޑިއާތަކުންވަނީ ހާމަ ކޮށްފައެވެ.
މޯލްޑިވްސް ޔޫތު ފޯރސްގެ ނަމުގައި އާންމު ކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވަނީ، މިގައުގެ ވެރިކަން ކޮށްފައިވާ މީހަކު މި ގައުމު އިނދަ ޖައްސާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފޯރސްއިން ނުކުތީ ޔާމިނު ސައިޒު ކުރުމަށް ކަމުގައެވެ.
އަޅުގަޑުމެންނަކީ މޯލްޑިވްސް ޔޫތު ފޯރސް. އަލުގަޑުމެން މި ނުކުތީ އޭނާ ސައިޒުކުރަން.
މި ވީޑިއޯގައި ވާހަކަ ދައްކާ މީހާ، ޔާމިނަށް އިންޒާރު ދެމުން ބުނެފައި ވެއެވެ.
ވީޑިއޯގައި އޭނާ ބުނެފައިވަނީ، ޔާމިންވަނީ އިންޑިއާ އައުޓު ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވާ އެ ހަރަކާތް ވަަރަށް ބޮޑަށް ފުޅާ ކޮށްފައި ކަމަށާއި، އެ ފޯރސްއިން އެހަރަކާތާއި ދެކޮޅު ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާ ދަށުވެފައިކަމަށް ވިދާޅުވެ ރައީސް ޔާމިން ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށްވެސް ވީޑީއޯގައި އިންޒާރު ދިން މިހާ ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫތު ފޯރސްގެ ނަމުގައި ރައީސް ޔާމިނަށް އިންޒާރުދިން މައްސަލަ ޕީޕީއެމްއިން މިހާރުވަނީ ޕޮލިހަށް ހުށަހަޅާފައެވެ. ޕީޕީއެމްއިން އެދިފައިވަނީ، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށެވެ.