އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕުގެ ކުޅުންތެރިއާގެ ރެކޯޑާއި ރާމޯސް އަރާ ހަމަކޮށްފި

އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕުގެ ކުޅުންތެރިއާގެ ރެކޯޑާއި ރާމޯސް އަރާ ހަމަކޮށްފި

ގުޅުންހުރި

އިޓަލީގެ ތަޖުރިބާކާރު ގޯލް ކީޕަރު ޖިއާންލުއިޖީ ބުފޮން އަތުގައި އޮތް ބައިނަލްއަގްވާމީ އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕުގެ ގައުމުމަކަށް ނިސްބަތްވާ ކުޅުންތެރިއާގެ ރެކޯޑާއި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އަރާ ހަމަކޮށްފިއެވެ.

ނެދަލެންޑްސް އަތުން އެއްވަރުވި މެޗުގައި ކުޅެ ރާމޮސް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 176 މެޗު ކުޅެދީފައެވެ. މިއަދަދަށް ބުފޮން މެޗު ކުޅެފައިވަނީ 2018 ވަނަ އަހަރު އޭނާ އިޓަލީއަށް ކުޅެދިން އެންމެ ފަހު މެޗުގައެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ރާމޮސް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2005 ވަނަ އަހަރުގައި އުމުރުން އެންމެ 18 އަހަރުގައެވެ. ޗައިނާ އާއި ދެކޮޅަށް ކުޅެ 0-3 އިން މޮޅުވި މިމެޗުގައި ރާމޮސް ކުޅެ އޭނާ ވަނީ އޭރު 55 އަހަރު ތެރޭގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 176 މެޗުން 129 މެޗު ކާމިޔާބްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *