ނެދެލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި މެޗުގައި ސްޕެއިން ހޯދި ނަތިޖާއަކީ ހިތްހަމަޖެހޭ ރަނގަޅު ނަތީޖާއެއް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން އެންރީކޭ ބުނީ ބަދަލުތަކާއެކު އޭނާ ނެރުނު ސްޕެއިންޓީމުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. މުޅި ޓީމު އެކީ ވަރަށް ރަނގަޅު މަސައްކަތެއް ކުރިކަން މެޗަށްފަހު އެންރީކޭ ވަނީ ފާހަގަކޮށްފަ. އޭނާ ބުނީ މެޗުގައި ނެދަލޭންޑްއިން މޮޅުކުޅުމެއް ދެއްކިކަމަށެވެ. އެންރީކޭ ބުނީ ބައެއް ބަދަލުތަކާއެކު މެޗަށް ނުކުތީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި ކުރިޔަށް އޮތް ދެމެޗުގައި ސްޕެއިން މިމެޗުގައި ބޭނުންކުރާނީ މިމެޗުގައި ނުކުޅޭކުޅުންތެރިންކަމަށެވެ.
އަހަރެމެން މެޗަށް ނުކުތީ ބައެއް ބަދަލުތަކާއެކު، މެޗުގެ ކުޅުންތެރިން ފަރާތުން މަސައްކަތް ކުރިވަރު ފެނިއްޖެ، އެއީ ވަރަށް މުހިންމުކަމެއް.
މެޗަށްފަހު އެންރީކޭ ބުނެފައިވެއެވެ.
އެންރީކޭ ބުނީ މެޗުގައި ފާހަގަވި އެންމެ މުހިންމު ކަމަކީ ކުޅުންތެރިންގެ ވިސްނުންކަމަށާއި ރަނގަޅު ވިސްނުމުގައި ވަރަށް ރަނގަޅު ކުޅުމެއް ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނުކަމަށެވެ.
ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހުގެރޭ ސްޕެއިން ރަށުން ބޭރުގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.