އިންޑިޔާ އައުޓް ނުހުއްޓުވޭނެ، ދާނީ ފުޅާވަމުން: ޕީޕީއެމް

އިންޑިޔާ އައުޓް ނުހުއްޓުވޭނެ، ދާނީ ފުޅާވަމުން: ޕީޕީއެމް

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2022 02:17
0

އިންޑިޔާ އައުޓް ކެމްޕެއިން ނުހުއްޓުވޭނެކަމަށާއި، އެ ހަރަކާތް ދާނީ އެކި ގޮތްގޮތުން ފުޅާވަމުންކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

އީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، މާލޭ އެކި ހިސާބުތަކުގައި ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައް ފުލުހުން ނެގުމުން މިހާރު އެ ބެނާތައް ދަމަނީ އިންޑިއާ ލިޔެފައިވާ އަކުރުތައް ބަދަލުކޮށްގެންނެވެ. އިންޑިއާ"ގެ ނަމުގެ އަސްލު ސްޕެލިންގ ބަދަލުކޮށް ލިޔެފައިވަނީ INDEAR މިހެންނެވެ.

ރައީސްގެ ޤަރާރާއެކުވެސް ހަރަކާތް ނުހުއްޓުވާ ޕީޕީއެމާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާރުތަކުގައިވެސް އަދި މަގުތަކުގައިވެސް އިންޑިއާ އައުޓް ދޭހަވާ މަންޒަރުތަކާއި ލިޔުންތައް ލިޔަމުންނެވެ.

ޕީޕީއެމް އިން ބުނީ އިންޑިޔާ ސިފައިންގެ އެންމެ ބޫޓު ކިބައެއްވެސް މި ފަސްގަނޑުގައި ބެހެއްޓުމަށް ދިވެހިން ނޭދޭކަމަށެވެ.

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތް މަނާ ކޮށްފައިވަނީ، ފާއިތުވެދިޔަ ހަފްތާގައި ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.

މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.