ރޫޙާނީ ލީޑަރަށްޓަކައި އެހެން މީހުން ޤުރްބާން ކުރުމަކީ ހަމަޖެހޭ އުޞޫލެއް ނޫން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޟު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން އިޔާޟް ޢަބްދުއްލަޠީފް ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ނިންމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ޑރ.އިޔާޟު ގެންދެވީ ސަސްޕެންޑު ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ސަސްޕެންޑް ކޮށްފައިވަނީ ބޭއިންސާފުން ސީދާ ވަކި މީހެއްގެ ނުފޫޒަކަށް ކަމަށް ވިދާޅުވަމުންނެވެ.
ސަސްޕެންޑު ކުރި ބޭއިންސާފުންކަމަށް މިއަދު ޓްރެބިއުނަލުން އެންގުމުން ހާމެވެގެން ދިޔައީ ރޫޙާނީ ލީޑަރަށްޓަކައި އެހެން މީހުން ޤުރްބާން ކުރުމަކީ ހަމަޖެހޭ އުޞޫލެއް ނޫން ކަމުގައި އިޔާޟު ވިދާޅުވިއެވެ. ރޫހާނީ ލީޑަރު އެދޭ ގޮތަށް ދިޔަވަޅު އެޅުމުގެ ބަދަލުގައި، ހަމަޔާއި އިންސާފު އިންކޮށް ހަމަޖެހިފައިވާ އުސޫލުތަކަށް ތަބާވުމަކީ މުހިންމު ކަމެއްކަމަށްވެސް ޝައިޚު އިޔާޟު ވިދާޅުވިއެވެ.
ރޫޙާނީ ލީޑަރ އަންގަވާހާ ގޮތަކަށް ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި ހަމަޔާއި އުޞޫލަށް ތަބަޢަވާން ޖެހޭކަން މުއައްސަސާތަކުގެ ވެރިންނަށް ވިސްނިވަޑައި ގަންނަވަންޖެހޭ. ރޫޙާނީ ލީޑަރަށްޓަކައި އެހެން މީހުން ޤުރްބާން ކުރުމަކީ ހަމަޖެހޭ އުޞޫލެއް ނޫން. ޢިބްރަތް ޙާޞިލު ކުރައްވާ.
– އިޔާޟު ވިދާޅުވިއެވެ.
ގައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް އެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 1ގައެވެ. ވަޒީފާއާއި ވަކިކުރީ ގޯސްކޮށްކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން އެގޮތަށް ނިންމިކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެކަން ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް އެމްއެންޔޫގެ ވެރިންނަށް އިލްތިމާސްކުރާކަމަށެވެ.
ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.