ކަންފަތުގައި ރިއްސާނަމަ ގޭގައި ދެވިދާނެ ފަރުވާ!

ކަންފަތުގައި ރިއްސާނަމަ ގޭގައި ދެވިދާނެ ފަރުވާ!

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2022 09:40
0

ކަންފަތުގައި ރިއްސުމަކީ ތަފާތު އެކި ސަބަބުތަކާ ހުރެ ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް ތަހަންމަލު ކުރަން އުނދަގޫ މި ތަދުގެ ސަބަބުން ނިދަން އުނދަގޫވެ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ.

މި ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

ލޮނުމެދު
ލޮނުމެދަކީ އެންޓި ބެކްޓީރިއާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މާބޮޑަށް ކަންފަތުގައި ރިއްސާނަމަ ލޮނުމެދެއް ހަފާލައިގެން ކާލަށެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. ނޫންނަމަ މަސްޓަޑް އޮއިލް ކޮޅަކަށް ލޮނުމެދު ކޮށާލައިގެން ހޫނުކޮއްލާށެވެ. ހިހޫވުމުން ދެ ތިކި ތަންފަތަށް ޖަހާލާށެވެ.

އިނގުރު
އިންގުރަކީ އޭގައި އެންޓި ޕްލެމެންޓްރީ އެކުލެވޭ އެއްޗެކެވެ. ކަންފަރުގައި ރިއްސާނަމަ އިނގުރު ދިޔަފޮދެއް ފެލާލުމަށްފަހު ކަންފަތް ބުޑުގައި އުނގުޅާލާށެވެ. ނޫންނަމަ މަސްޓަޑް އޮއިލް ކޮޅަކަށް އިނގުރު އަޅައިގެން ހޫނުކޮށްލާށެވެ. ހިހޫވުމުން ދެ ތިކި ވަރު ކަންފަތަށް ޖަހާށެވެ.

ބޮނޑިތާން ކުރުން
ކަންފަތުގައި ރިހޭނަމަ ހޫނުކޮށް ނުވަތަ ފިނިކޮށް ވިޔަސް ބޮނޑިތާން ކުރުމުން ރިހުމަށް ލުޔެއްލިބެއެވެ. ހޫނުކޮށް ބޮނޑިތާން ކުރާނަމަ ހީޓްޕެޑެއްގެ އެހީގައި 10 ވަރަކަށް މިނިޓް ވަންދެން ބޮނޑިތާން ކުރާށެވެ. ފިނިކޮށް ނަމަ އައިސް ކިއުބް ވެސް ބޭނުން ކުރެވިދާނެއެވެ.

އޮލިވްއޮއިލް
އޮލިވްއޮއިލް ކުޑަކުޑަކޮށް ހޫނުކޮށްލުމަށްފަހު ދެ ތިކިވަރު ކަންފަތަށް ޖަހާލާށެވެ. ނަމަވެސް މާ ބޮޑަށް ހޫނު ކޮށް ހުއްޓައި ކަންފަތަށް ނާޅައްޗެވެ.

މަތީގައި ބަޔާން ކުރެވިފައި އެވަނީ ރިހުން ކުޑަކުރުމަށް ވަގުތީ ގޮތުން ދެވިދާނެ ފަރުވާ ތަކެކެވެ. މާ ބޮޑަށް ކަންފަތުގައި ރިއްސާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.