ޔުނައިޓެޑުން ދިވެހި ސަޕޯޓަރުންގެ ޖަމިއްޔާ ރަސްމީކޮށް ބަލައިގެންފި

ޔުނައިޓެޑުން ދިވެހި ސަޕޯޓަރުންގެ ޖަމިއްޔާ ރަސްމީކޮށް ބަލައިގެންފި

ގުޅުންހުރި

ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުގެ ރަސްމީ ސަޕޯޓާސް ކްލަބެއްގެ ގޮތުގައި، ރާއްޖޭގެ ސަޕޯޓަރުންގެ ޖަމިއްޔާ "ވަން ޔުނައިޓެޑް މޯލްޑިވްސް" ބަލައިގަނެފި އެވެ.

ވަން ޔުނައިޓެޑް މޯލްޑިވްސް އިން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރަޖިސްޓްރީ އެ ޖަމިއްޔާ އަކީ ޔުނައިޓެޑަށް ސަޕޯޓްކުރާ ދިވެހި ޒުވާނުންތަކެއް ގުޅިގެން ރަސްމީކޮށް ޔުނައިޓެޑުގެ ސަޕޯޓާސް ކްލަބެއްގެ ހައިސިއްޔަތު ލިބިގަތުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށެވެ. އަނެއް ބޭނުމަކީ ޔުނައިޓެޑާއި ރާއްޖޭގައި ދިރިއުޅޭ އެ ކްލަބުގެ ސަޕޯޓަރުންނާ މެދު ގުޅުން ގާއިމްކުރުމެވެ.

އެ ޖަމިއްޔާ އިން ވަނީ މެޗުޑޭ ހަރަކާތްތަކާއި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބާއްވައިފަ އެވެ. އަދި ސީޒަނުގެ ތެރޭގައި އާއި އޮފް ސީޒަނުގައި ސަޕޯޓަރުން އެއްތަންވެ ކޮފީ އާއި ކެއުންތައް ބާއްވަ އެވެ. އަދި އެފްއޭއެމްގެ ދައުވަތަކަށް ރާއްޖެ އައި ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓަ ޝުމައިލް އަށް މަރުހަބާ ކިޔުމަށް އިވެންޓެއް ބޭއްވި އެވެ. އޭގެ ކުރިން މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އަށް ރާއްޖެ އައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް އަށް އިއްޒުދީން ފާލަމުން މަރުހަބާ ކިޔައި އަދި ނުރަސްމީ އޮޓޯގްރާފް ސެޝަނެއް ބޭއްވި އެވެ.

އިނގިރޭސި ޗެމްޕިއަންކަން 20 ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޔުނައިޓެޑުގެ ސަޕޯޓަރުން ރާއްޖޭގައި ވަރަށް ގިނަ އެވެ. އެގޮތުން ވަން ޔުނައިޓެޑުގެ ފޭސްބުކް ޕޭޖަށް 3638 ލައިކްސް ވަނީ ލިބިފަ އެވެ. އެ ޖަމިއްޔާ އިން އަންނަނީ ރަސްމީ މެމްޝިޕް އިތުރުކުރަމުންނެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑުން، އެ ކްލަބުގެ ސަޕޯޓާސް ކްލަބެއްގެ ގޮތުގައި ރާއްޖޭގެ ޖަމިއްޔާއެއް ދަފުތަރުކުރި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *