ވިޑާ އަށް ކޯޯޯވިޑް ޖެހިފަކަން އެނގުނީ ފުރަތަމަހާފް ކުޅުނު ފަހުން

ވިޑާ އަށް ކޯޯޯވިޑް ޖެހިފަކަން އެނގުނީ ފުރަތަމަހާފް ކުޅުނު ފަހުން

Author
އިބްރާހީމް ސާޢިދު
12 ނޮވެމްބަރ 2020 07:54
0

ތުރުކީ އާ ވާދަކޮށް ރޭ 3-3 އިން ކްރޮއޭޝިއާ އެއްވަރުކުރި މެޗުގެ ފުރަތަމަ ހާފުގައި ކުޅެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ޑޮމާގޯ ވިޑާލް ކޯވިޑް 19 އަށް ޕޮޒިޓިވްވިކަން އެނގިއްޖެ އެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން މި ހަފްތާގެ ތެރޭގައިވެސް ދެފަހަރު ކޯވިޑަށް ޓެސްޓްކޮށްފައިވެ އެވެ. ވިޑާލް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހެނދުނު ނެގި ސާމްޕަލްގެ ނަތީޖާ އިންނެވެ. ވިޑާލްގެ ނަތީޖާ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ އިންޓަވަލް ގަޑީގައި ލިބުނު އިރު ކުޅުންތެރިޔާ ވަނީ ބަދަލުކޮށްފަ އެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވިޑާލް ދުވަސްކޮޅެއް ވަންދެން ތުރުކީގެ އިސްތަންބޫލްގައި އައިސޮލޭޝަންގައި މަޑުކުރާނެ ކަމަށެވެ. ގައުމީ ޓީމުގެ އެހެން ކުޅުންތެރިން ދާނީ ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު ކްރޮއޭޝިއާ ވާދަކުރަންޖެހޭ މެޗު ކުޅުމަށް ސްވިޑަން އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.