ޕޯޗުގަލްއިން އެންޑޯރާ ކޮޅަށް ހަތް ލަނޑު

ޕޯޗުގަލްއިން އެންޑޯރާ ކޮޅަށް ހަތް ލަނޑު

Author
އިބްރާހީމް ސާޢިދު
12 ނޮވެމްބަރ 2020 07:44
0

ބައިނަލްއަގުވާމީ އެކުވެރިކަމުގައި މެޗެއްގައި ޔޫރަޕުގެ ޗެމްޕިއަނުން ޕޯޗުގަލް އިން އެންޑޯރާ ކޮޅަށް ހަތް ލަނޑު ޖަހައިފިއެވެ.

ފީފާ ރޭންކިންގެ 7 ވަނައިގާވާ ޕޯޗުގަލް އާއި 134 ވަނައިގަވާ ޕޯޗުގަލް ބައްދަލު ކުރި މެޗުގައި ޕޯޗުގަލް ލަނޑުތައް ކާމިޔާބުކޮއްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ، ޖޯއޯ ފެލިކްސް، ރެނާޓޯ ސަންޗޭޒް، ޕެޑްރޯ ނެޓޯ އިތުރުން ޕައުލީނިޔޯއެވެ. މިއީ ނެޓޯ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ޕައުލީނިޔޯ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރާފައެވެ. އަލީ ދާއީގެ ބައިނަލްއަގުވާމީ ލަނޑުގެ ރެކޯޑް މުގުރާލަން ރޮނާލްޑޯ ބޭނުންވަނި ބާކީ ހަތްލަނޑެވެ. އޭނާ ވަނީ މިއަހަރުތެރޭގައި ގައުމީ ޓީމަށް 100 ލަނޑު ކާމިޔާބުކޮށްދިން ޔޫރަޕުގެ ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.

ރޭ ބަޓްޝުވާއީގެ ދެލަނޑުން ބެލްޖިއަމް ވަނީ ސްވިޒަލޭންޑް މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. ރޭގައި ޖެހި ދެލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ރޭ ކޮރޭޝިޔާ ތުރުކީ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ކޮރޭޝިޔާގެ ކެޕްޓަން ވިދާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާ ގުޅިގެން މެޗުގެ މެޗުގެ ދެވަނަހާފްގައި ކުޅުންތެރިޔާ ވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.