ގޯމޭޒް އަށް އަނިޔާވެ ލިވަޕޫލް އިތުރު ހާސްކަމަށް

ގޯމޭޒް އަށް އަނިޔާވެ ލިވަޕޫލް އިތުރު ހާސްކަމަށް

ގުޅުންހުރި

ޑިފެންޑަރ ޖޯ ގޯމޭޒަށް އަނިޔާވެ ލިވަޕޫލްއަށް އިތުރު ނުތަނަވަސްކަމާއި ކުރިމަތިވެއްޖެއެވެ.

23 އަހަރުގެ ގޯމޭޒަށް އަނިޔާވީ ބުރާސްފަތި ދުވަހު އިނގިރޭސި ގައުމީޓީމުގެ ކޭޕްގައި އެޓީމުގެ ފަރިތަކުރުންތަކުގައި ތެރެއިންނެވެ. ކުޅުންތެރިޔާއަށް އަނިޔާވެފަވާކަން އިނގިރޭސި ގައުމީޓީމުން ވެސް ވަނީ ޔަގީންކޮށްދީފައެވެ. ގޯމޭޒަށް އަނިޔާވެފައި މިވަނީ ލިވަޕޫލްގެ ވާޖިލް ވެންޑައިކަށްވެސް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި  ދުރަށްދާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަ މި ސީޒަނުގައި ކުރިމަތިލާންޖެހިފައެވެ. ހާއްސަކޮއް އެޓީމުގެ ފަހަތަށް ކުޅޭ މުހުންމު ކުޅުންތެރިން މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އެޓީމުގެ ފެބިއާނޯއަށްވެސް ވަނީ ދާދިފަހުން އަނިޔާވެފައެވެ. ފަބިއާނޯ އަށް ލިބުނު އިނިޔާއާ ގުޅިގެން އެމަގާމް ފުރަމުންދާ ކުޅުންތެރިޔަކީ ގޯމޭޒްއެވެ.

ލިވަޕޫލްގެ އަނިޔާގެ ލިސްޓަށް އެންމެފަހުން އިތުރުވި ކުޅުންތެރިޔަކީ  އެލެގްޒެންޑަރ އާނޯލްޑެވެ. އާނޯލްޑް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނާނެކަމަށް ބެލެވޭނީ އެއްމަސްފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *