ލޯބިން އެކަކު އަނެކެއްގެ ގައިގާ ބައްދަލާ ބައްދާލުމަކީ އެކަމުން ހިތަށް ފިނިކަމެއްބިލި ހަމަޖެހުން ގެނުވާކަމެކެވެ.
ތިމާ ހިތް ނުތަނަވަސްވެ ގޮތް ހުސްވާ ވަގުތުތަކުގައި ވެސް މީހެއްގެ ފަރާތުން ހިމާޔަތެއް ލިބޭކަމުގެ އިހުސާސް ކޮށްދެނީ އެމީހެއްގެ ކޮނޑުގަ ބޯއަޅާލެވުނީމައެވެ.
މި ނޫނަސް އެކަކު އަނެކަކު ބައްދާލާ އެދޭ ލޯބިން ވަރަށް ގިނަ ގުނަ ފައިދާތަކެއް ކުރުވައެވެ. ސިއްޙީގޮތުން މިކަމުގައި ފައިދާތަކެއްވާކަން ދިރާސާތަކާއި ތަޖުރިބާތަކުން ކަށަވަރު ކޮށްދެއެވެ.
200 ޒުވާނުން ހިމަނައިގެން ނެޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ހެދި ސްޓަޑީއަކުން ދައްކާގޮތުގައި ބައްދާލުމުން ހިތުގެ ތެޅުން ހަމައަކަށް އެޅެއެވެ. އަދި ލޭގެ ޕުރެޝަރުވެސް ވަރަށްބޮޑުތަން ހަމަޖެހޭކަން ވަނީ އެނގިފައެވެ.
އެކަކު އަނެއްކަކާއެކު ވާކަން ހާމަ ކޮށްދިނުމަށް ވެސް ކުރުން އެންމެ އެކަށިގެންވާ ކަމަކީ މިއީއެވެ. މިކަމުން ވިސްނުންތަކާ ދުރުކޮށް ސިކުނޑިއާއި ހިތަށް ހަމަޖެހުންގެނުވައެވެ.
ބައެއް ފަހަރަށް އަނެކާ ތިމާދެކެ ރުޅިއައިސް ހުންނަ ކަމަށް ހީވެ ނުވަތަ އަނެކާ ތިމާ އައުމުން ހިތްހަމަ ނުޖެހިފައި ހުރިހެން ހީވާނަމަ އެކަމުގެ ފަރުވާއަކީވެސް ބައްދާލުމެވެ. އަނެކާގެ ހިތުގައި ތިމާއަށްޓަކައި އުފެދިފައިވާ ނެގެޓިވް ކަންތައްތައް މުޅިންހެން އޭރުން ފޮހެވިގެންދެއެވެ.
ކުރިންވެސް ބުނިހެން ސިކުނޑިއާއި ހިތުގެ ހަމަޖެހުމަށް، ބައްދާލުމުން ހެޔޮ އަސަރުކުރާނަމަ ގިނަ ގިނައިން މި ފަރުވާ ލިބުމަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ރަގަނޅު ފަރުވާއަކަށް ވެގެންދާނެއެވެ.