މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެ

މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެ

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒް، 27، ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވުމުގެ ހިތާމައިގައި މިވަގުތު، ވަގުތު ބޭނުންވާތީ މިރޭ ލިވަޕޫލްއާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.

ޔުނައިޓެޑާއި ލިވަޕޫލް މިރޭ ބައްދަލުކުރާ މެޗު އެންފީްލޑްގައި އޮންނާނެއެވެ. ޕްރިމިއަ ލީގުގެ ތަށިގައި ޔުނައިޓެޑަށް އަތް ނުލެވޭތާ 10 އަހަރު ވަނީއެވެ. އަދި 2017 ގެ ފަހުން އެއްވެސް ތައްޓެއް ޔުނައިޓެޑަކަށް ނުހޯދެއެވެ.

މިމެޗާއި ކުރިމަތިލާއިރު މެންޗެސްޓާ ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ހާސްކަމަކީ ރޮނާލްޑޯ މިމެޗުގައި ނުފެނުމެވެ. ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒް، 27، ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވުމާއިގުޅިގެން އޭނާއަށް މިހިތާމައިގައި ވަގުތު ދިނުމަށް ކުލަބުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން މެންޗެސްޓަ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެހެން ހުރިހާ އެއްޗަކަށް ވުރެ އާއިލާ މުހިންމު ވާނެ ކަމަށެވެ. މި އުނދަގޫ ދަނޑިވަޅުގައި ރޮނާލްޑޯ ހުރީ އޭނާގެ ލޯބިވާ މީހުންނާ އެކުގައި ހިތްވަރު ދިނުމުގައި ކަމަށް ވެސް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަހަރުމެން ކަށަވަރުކޮށްދެން ލިވަޕޫލްއާ ދެކޮޅަށް އެންފީލްޑްގައި ކުޅޭ މެޗުން އޭނާ (ރޮނާލްޑޯ) ނުފެންނާނެ ކަން. ކްރިސްޓިއާނޯ. އަހަރުމެން އެންމެން މި ހަނދާން ކުރަނީ (ރޮނާލްޑޯ) މަތިން.

– ބަޔާނުގައިވެއެވެ.

ރޮނާލްޑޯ ބުނީ މިއީ އޭނާގެ އާއިލާ އަށް ލިބިފައިވާ ބޮޑު ހިތާމަ އަކަށް ވާތީ، ވީހާ ވެސް ބޮޑަށް އަމިއްލަ ކަންކަމަށް ވަގުތުދޭން ބޭނުންވާ ކަމަށެވެ. އަދި އެންމެންގެ ފަރާތުން ރޮނާލްޑޯ އެދެނީ މި ވަގުތު "ޕްރައިވެސީ" ދިނުމަށެވެ.

ރޮނާލްޑޯގެ މިހާރު ތިބި ދަރިންނަކީ މިއަދު ލިބުނު އަންހެން ދަރިފުޅު ހިމެނޭ ގޮތަށް ޖުމްލަ ފަސް ދަރިންނެވެ. އެއީ 11 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅު، މެންޗެސްޓާ ޔޫތު ޓީމުގެ ކުޅުންތެރިޔާ، ރޮނާލްޑޯ ޖޫނިއާގެ އިތުރުން މީގެ ކުރިން ޖިއޮޖީނާ އަށް 2017 ވަނަ އަހަރު ލިބުނު އެލާނާ މާޓީނާ އަދި ސަރޮގެސީ ހަދައިގެން ލިބުނު އުމުރުން ހަތަރުގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ އޭވާ އާއި މަޓެއޯ އެވެ. ރޮނާލްޑޯ ޖޫނިއާގެ މަންމަ އަކީ ކާކުކަން މިހާތަނަށް ރޮނާލްޑޯ ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *