ސަންޖޭ ދަތުގެ ނަސޭހަތް އާލިއާ އާއި ރަންބީރަށް: އަވަހަށް ދަރިން ހޯދާ

ސަންޖޭ ދަތުގެ ނަސޭހަތް އާލިއާ އާއި ރަންބީރަށް: އަވަހަށް ދަރިން ހޯދާ

Author
ފާތިމަތު ނާވީ
15 އޭޕްރިލް 2022 06:53
0

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި އިއްޔެ ވަނީ ބާއްވާފައެވެ. ފަހު ވަގުތާ ޖެހެންދެންވެސް ދެފަރާތުގެ އާއިލާއިން ކައިވެނީގެ އެއްވެސް ކަމަކާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް މީޑިއާ ތަކުން ގެންދިޔައީ ކައިވެނީގެ ތައްޔާރީތައްވެސް ވަރަށް ގާތުން ބަލަމުން ރިޕޯޓުކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި މީޑިއާ ތަކުން އެންމެ ގަދައަށް ދެއްކީ މި ވާހަކައެވެ. އަދި ބޮލީވުޑްގެ ތަރިންނާއިވެސް އެންމެ ބޮޑަށް ކުރެވުނު ސުވާލަކީ މި ކައިވެންޏާއި ބެހޭ ސުވާލުތަކެވެ. އެގޮތުން ސަންޖޭ ދަތު ވަނީ މީޑީއާގައި ވަހަކަ ދައްކަމުން، ކައިވެނީގެ ކުރިން މި ކައިވެންޏާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދީފައެވެ.

ސަންޖޭ ދަތު ބުނެފައިވާ ގޮތުގައި އާލިއާ އާއި ރަންބީރަށް އޭނާ ދޭނެ ނަސޭހަތަކީ ވީހާވެސް އަވަހަށް ދަރިން ހޯދުން ކަމަށެވެ. އަދި ކައިވެނީގެ ފުރަތަމަ ކޮޅު ދަރިން ހޯދުމުން ގުޅުން ވަރުގަދަ ވާކަމަށެވެ. އަދި ކައިވެންޏަކީ ވަރަށް ބޮޑު ކޮމިޓްމެންޓެއް ކަމަށާއި އެންމެ ބޭނުން ޖެހޭ ވަގުތު އެކަކުވެސް އަނެކެއްގެ އަތުން ދޫކޮށް ނުލުމަށްވެސް ސަންޖޭ ވަނީ އިރުޝާދު ދީފައެވެ.

ސަންޖޭ ދަތު އެންމެ އަވަހަށް ދެން ފެނިގެންދާނީ "ކޭޖީއެފް ޗެޕްޓާ2″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.