ރެސިޕީ: މާޝްމެލޯ ޗޮކޮލެޓް ޕިއްޒާ

ރެސިޕީ: މާޝްމެލޯ ޗޮކޮލެޓް ޕިއްޒާ

Author
ފާތިމަތު ނާވީ
12 އޭޕްރިލް 2022 08:04
0

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ފޮނި އެއްޗެކެވެ. އާންމުކޮށް އަހަރެމެން ކަނީ ކުޅި ޕިއްޒާ ނަމަވެސް މިއީ ތަފާތު އެއްޗަކަށް އަޖުމަބަލާލަން ރަނގަޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޕިއްޒާ ފުށްގަނޑު
  • 2 ސަމުސާ ދިޔާ ކުރި ބަޓަރު
  • 1/4 ނަޓެއްލާ
  • 1/2 ތަށި ސެމީ ސްވީޓް ޗޮކްލެޓް ޗިޕްސް (ނުވަތަ ސެމީ ސްވީޓް ޗޮކްލެޓް ގާނާފައި)
  • 1/2 ތަށި މިލްކް ޗޮކްލެޓް ޗިޕްސް (ނުވަތަ މިލްކް ޗޮކްލެޓް ގާނާފައި)
  • 1/2 ޕެކެޓް މިިނީ މާޝްމެލޯ
  • 4 ސްޓްރޯބެރީ ތުނިކޮށް ފަތިކޮށް ކޮށާފައި ( ބޭނުންނަމަ)

ޕިއްޒާ ފުށްގަނޑު:

  • 1/2 ތަށި ތާފަނާ ފެން
  • 2 ޖޯޑު ފުށް
  • ލޮނު ކޮޅެއް
  • 2 ސައިސަމުސާ ޔީސްޓް
  • 3 ސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެގޮތް:
ޕިއްޒާ ފުއްގަނޑު ތައްޔާރުކުރުމަށް ފުރަތަމަ ކުޑަ ތަށްޓެއްގައި ތާފަނާ ފެނާއި ޔީސްޓް އެއްކޮށްފައި 5 މިނިޓު ވަންދެން ބަހައްޓާށެވެ. ދެން ފުށާއި ލޮނުކޮޅު ރަނގަޅަށް އެއްކޮށްލުމަށް ފަހު ތެޔޮކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ގިރި ޔީސްޓްކޮޅު އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. ދެން ތަށްޓެއްގައި ތެޔޮ ކޮޅެއް އުނގުޅާލުމަށްފަހު ފުށްގަނޑު އެއަށްލާފައި ފުފެންދެން ސާފު ހުދު ފޮތި ކޮޅަކުން މަތިބަންދުކޮށްފައި ގަޑިއިރެއް ވަންދެން ބާއްވަވާށެވެ.

ފުށްގަނޑު ތައްޔާރުވުމުން ޓްރޭގައި ފަތުރާލާފައި ފުށްގަނޑު މަތީގައި ދިޔާ ކުރި ބަޓަރު ކޮޅު އުނގުޅާލާށެވެ. އެއަށްފަހު ފުށްގަނޑު އަވަނަށް ލައި 20 ވަރަކަށް މިނިޓު ފިހެލާށެވެ.

20 މިނިޓް ވުމުން ފުށްގަނޑު ނެގުމަށް ފަހު އަވަހަށް ދެވައްތަރުގެ ޗޮކްލެޓް ޗިޕްސްތައް ފަތުރާލުމަށްފަހު މާޝްމެލޯ ވެސް ދޭތެރެ ތަކަށް ލާށެވެ. އެއަށްފަހު އަވަނުގައި 3-2 މިނިޓް ވަންދެން ނުވަތަ ޗޮކްލެޓު ދިޔާ ވަންދެން ފިހެލާށެވެ.

ޕިއްޒާ އަވަނުން ނެގުމަށްފަހު ފަތިކޮށް ކޮށި ސްޓްރޯބެރީ ތަކުން ގާނިޝް ކޮށްލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.