ރެސިޕީ: ޗިކަން ރޯޓީ

ރެސިޕީ: ޗިކަން ރޯޓީ

Author
ފާތިމަތު ނާވީ
12 އޭޕްރިލް 2022 06:34
0

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ކުޅި އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

  • 3 ރޮށި (ބޯކޮށް ދެފަރާތް ރޯފިލާވަރަށް ކުޑަކޮށް ފިހެލާފައި)
  • 200ގ ކުކުޅު (ކުދިކޮށް ކޮށާފައި)
  • 1/2 ސައި ސަމުސާ އަސޭމިރުސް
  • 1/2 މޭޒުމަތީ ސަމުސާ މުގުރި ދިރި
  • 1 ސަމުސާ މުގުރިމިރުސް
  • 3 ލޮނުމެދު (ޗިސްކޮށްފައި)
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • ލޮނު
  • ކޮރިއެންޑަރ ކޮޅެއް (ކުދިކޮށް ކޮށާފައި)
  • 3 ޗީސް ސްލައިސް (މެދުން ބުރިކޮށްލާފައި)
  • ލެޓިއުސް
  • މަޔޮނައިޒް

 

ތައްޔާރު ކުރާނެ ގޮތް:

  • ތަށްޓެއްގައި އަސޭމިރުސް, ދިރި އަދި މުގުރިމިރުސް އެއްކޮށްލުމަށްފަހު ކުކުޅު ކޮޅު އެއްކޮށްލާފައި ގަޑިއިރެއް ހާއިރު ފްރިޖަށްލައި މެރިނޭޓް ކޮށްލާށެވެ.
  • ކުޑަ ތެޔޮ ކޮޅެއްގައި ފިޔާ، ލޮނުމެދު ރަތް ވަންދެން މީރުކޮށްލާށެވެ.
  • މީރު ކުރި ފިޔާކޮޅުގެ ތެރެއަށް ކޮރިއެންޑަރ ކޮޅާއި މެރިނޭޓް ކުރި ކުކުޅު ކޮޅު އަޅައި ރޯފިލުވާލާށެވެ. އަދި ލޮނު ހެޔޮވަރު ކޮށްލާށެވެ.
  • އެއަށްފަހު ފިހެފައި އޮތް ރޮށީގައި މަޔޮނައިޒް ކޮޅެއް އުނގުޅާލުމަށްފަހު މީރުކުރި ކުކުޅުކޮޅު މައްޗަށް އަޅާށެވެ. އަދި އޭގެ މައްޗަށް ލެޓިއުސް ފަތް ކޮޅެއް ލުމަށްފަހު ޗީސް ސްލައިސް ފަތުރާލާށެވެ.
  • މިދެންނެވި ގޮތަށް އެއްޗެހި އެޅުމަށްފަހު ރޮށި ރޯލްކޮށް ބަންދުކޮށް، ޓޫތުޕިކަކުން ހަރުކޮށްލާށެވެ.
  • އެއަށްފަހު ތަވާ މަތީގައި ދޭފަތުން ކުޑަކޮށް ފަތާކޮށްފައި ރޯލް ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.