ކޮކޮނަޓް ޕުޑިންގ އަކީ ތަފާތު، އަދި އޭހާމެ މީރު އެއްޗެކެވެ. މީގެ އެންމެ ހާއްސަ ކަމަކީ މި ޕުޑިންގ ތައްޔާރު ކުރުމަށް ބޭނުންވާ ބާވަތްތައް މަދު ވުމެވެ.

ބޭނުންވާނެ ތަކެތި:
- 1 ޕެކެޓް މާރީ ބިސްކޯދު
- 2 ޖޯޑު ވިޕްޑް ކްރިމް
- 2 މޭތުމަތީ ސަމުސާ ކާށި ހުނި
- 1 ޗޮކްލެޓް ( އޮޕްޝަނަލް)
ތައްޔާރު ކުރާނެ ގޮތް:
ވިޕްޑް ކްރީމް ތަށްޓަކަށް އަޅާލުމަށްފަހު، އޭގެ ތެރެއަށް ބިސްކޯދު ފުނޑުކޮށްލުމަށް ފަހު އަޅާލާށެވެ. އެއަށް ފަހު ޓްރޭއަކަށް އަޅާލުމަށް ފަހު ވަށައިގެން ހުނިކޮޅު އަޅާލާނީއެވެ. އަދި ބޭނުން ނަމަ ޗޮކޮލެޓް ކޮޅުވެސް އަޅާލާނީއެވެ. އެހެރީ ކޮކޮނަޓް ޕުޑިންގ ތައްޔާރު ވިއެވެ.
ކޮމެންޓު ފޮނުވާ