ރެސިޕީ: ހިތި

ރެސިޕީ: ހިތި

Author
ފާތިމަތު ނާވީ
11 އޭޕްރިލް 2022 08:09
0

ހިއްޗަކީ ރިހައިގެ ބާވަތެކެވެ. ގަބުޅިން ތައްޔާރު ކުރާ މި ރިހަގަނޑަކީ ހއ. ދިއްދޫއަށް ހާއްސަ އެއްޗެއް ކަމުގައި ބުނެވެއެވެ. މިއީ މަދު ބާވަތްތަކުން ތައްޔާރު ކޮށްލެވޭ މީރު ރިހަގަނޑެކެވެ. ނަމަވެސް މިއާއެކު ކެއުމަށް ސެލެޑެއް ހުރުން މުހިންމެވެ. އެމީހަކަށް އެންމެ މީރު ސެލެޑެއް ތައްޔާރު ކުރުމުން ރަނގަޅުވާނެއެވެ. މިއީ ހާރު ދަމަށް ވަރަށް ރަގަޅު ބާވަތަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ގަބުޅި ހުނި (ގާނާފަ)
  • 2 ލޮނުމެދު
  • ރީނދޫ ކޮޅެއް
  • ފިޔާ ކޮޅެއް
  • 1 ގަނޑު މަސް (ކަނޑުމަސް) ކުދިކޮށް ކޮށާފަ
  • ލޮނު ކޮޅެއް ރަހަލާވަރަށް
  • ފެން

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ، ގާނާފަ ހުރި ގަބުޅި ހުނި ކޮޅު ތެރެއަށް ލޮނުމެދު، ފިޔާ އަދި ރީނދޫ ކޮޅު އަޅާ އެއްކޮއްލުމަށްފަހު ހިނމުން ވަންދެން ފުނޑާލާނީއެވެ. ދެން ފުނޑި އެއްޗިހި(ހިތި) ތެއްޔަކަށް އަޅާފައި ކޮށާފަ ހުރި މަސްކޮޅު އަޅާލުމަށްފަހު ފެން އަޅާ އެއްކޮށްލާނީއެވެ. (ފެން އަޅަންވާނީ ހިތި ގަނޑު މާބޮޑަށް ދިޔާ ނުވާވަރަށް) ދެން އެއަށްފަހު އުނދުންމައްޗަށް އުދާފަ ލޮނު އަޅާ މަސްކޮޅު ރޯފިލަންދެން ކައްކާލާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.