ބޮޑުވަމުން އަންނަ ދަރިފުޅަށް މި ކާނާތައް ދިނުން މުހިންމު

ބޮޑުވަމުން އަންނަ ދަރިފުޅަށް މި ކާނާތައް ދިނުން މުހިންމު

Author
ފާތިމަތު ނާވީ
01 މެއި 2022 07:49
0

ކުދިންނަށް ފައިދާހުރި ކާނާ ކާން ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކުދިންގެ ހަށިގަނޑާއި، ހެދި ބޮޑުވުމަށާއި ގުނަވަންތައް މަސައްކަތް ކުރުމަށް ރަނގަޅުކާނާ ބޭނުންވެއެވެ. އަދި މިފަދަ ބަލިތައް ގިނަ، ދުވަސްކޮޅު ޖަންކު ފުޑަށްވުރެން ފައިދާހުރި ކާނާ ކެއުން މުހިންމެވެ. މިކިޔައިދެނީ ކުދިންނަށް އެފަދަ ފައިދާތައް ލިބޭ އެއްޗެއްސެވެ.

ސްޓްރޯބެރީ

ސްޓްރޯބެރީ ރީތީ ހަމައެކަނި ބަލާލުމަށާއި ލާ ރަހައަކުން ނޫނެވެ. އޭގެން ހަށިގަނޑަށް ލިބޭ ފައިދާއިންނެވެ. ސްޓްރޯބެރީގައި ހުންނަ އެންޓި އޮކްސިޑެންޓް ތަކުން ހަށިގަނޑަށް ވަރަށް ފައިދާ ކުރެއެވެ. އަދި ސްޓްރޯބެރީގައި މެންގަނީސް އަދި ޕޮޓޭސިއަމް ވަރަށް ގިނަ އަދަދަކަށް ހިމެނެއެވެ.

ދޮން ކެޔޮ

ގިނަ ކުދިންނަށް ދޮންކޭލަކީ ވަރަށް މީރު މޭވާއެކެވެ. ދޮންކޭލުގައި ވަރަށް މަތީ މިންވަރަކަށް ގުލްކޯޒް ހިމެނެއެވެ. ވަރުބަލި ދުވަހަކަށްފަހު ކުދިންނަށް ދޮންކޭލުން، ދުޅަވެފައި ހުންނަ ތަންތަން ދުޅަކަނޑުވައި ދެއެވެ. އަދި ނާވް ސިސްޓަމް ވަރުގަދަކޮށްދެއެވެ. އަދި އޭގައިވާ ވިޓަމިން ބީ6 ވައިޓް ބްލަޑް ސެލް އުފައްދައިދެއެވެ.

ލުނބޯ

އަގައިން ނުބައި ވަސްދުވާނަމަ ލުނބޯ ފަނިތަށްޓެއް ދޭށެވެ. ހެނދުނު ހޭލާގޮތަށް ލުނބޯ ފަނި ތަށްޓެއް ބޯނަމަ ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. އަދި މީގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަންގަނޑު ރަނގަޅުވެ ކިޑްނީގައި ހިލައުފެދުމުން ދުރުކޮށްދެއެވެ.

ބްރޮކޮލީ

ބްރޮކޮލީގެ ސޫޕަކީ ހާޓް އެޓޭކްތަކުން ދުރުކޮށްދޭ އެއްޗެކެވެ. ބްރޮކޮލީ އަކީ ގިނަ ކުދިންނަށް އެހާ ކަމުނުދާ އެއްޗެއް ނަމަވެސް ހިތުގެ ބަލިތަކުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ކިރު

ކިރަކީ ވެސް ވަރަށް ގިނަ ކުދިންގެ ފޭވަރިޓެކެވެ. މި އަކީ ހެދި ބޮޑު ވުމަށް ވަރަށް މުހިންމު ބުއިމެކެވެ. ކިރުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދެއެވެ.

ކުދިންނަށް މިތަކެތި ކާންދޭން އުނދަގޫ ނަމަ އަމިއްލައަށް ކާން ބޭނުންވާ މޭވާ ނުވަތަ ތަރުކާރީ ޚިޔާރުކުރަން ފުރުސަތު ދޭށެވެ. މޭވާ ފަދަ ތަކެތި ގަންނައިރު ނުވަތަ ޕިއްޒާ ޓޮޕިން އަޅާއިރު އަމިއަލައަށް އަޅަންދޭށެވެ. އޭރަށް ކާހިތް ވާނެއެވެ. އަދި ތަރުކަރީ ފަދައެއްޗެހި ބޭނުންކޮށްގެން ޑެކަރޭޓްކޮށްފައި، ރީތި އަދި ކަމުދާހެން ހީވާ ޑިޒައިނުގެ ތަށީގައި ކާންދޭށެވެ. އޭރަށް ފައިދާ ހުރި ކާނާ ކުދިންނަށް ކާންދޭން ފަސޭހަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.