އެއް ޒަމާނެއްގައި ސަންޖޭ ދަތަކީ ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެކްޓަރެވެ. އެއީ ލޯބީގެ ގޮތުން ވެސް އަދި ފިލްމީ ކެރިއަރުގައިވެސް މެއެވެ.
ދިރިއުޅުމުގައި ގިނަ ކަނތައްތަކެއް ތަހަންމަލު ކުރި ސަންޖޭ އަކީ ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރި އެކްޓަރެކެވެ. ޖަލުން މިނިވަން ވެގެން އެނބުރި އަނެއްކާ އޭނާ ވަނީ ފިލްމީ މަސްކަތްކޮށް އެކްޓިންގައި އޭނާގެ ހުންރު ދައްކާފައެވެ.
އޭނާގެ ހަޔާތަށް ގިނަ ލޯބިވެރިންތަކެއް އައެވެ. ޒުވާން އެތައް ބަޔަކާއި ގުޅުން ބޭއްވިވެސްމެއެވެ. މިހާރު އުމުރުން 62 އަހަރުގެ އެކްޓަރު "ގުޑް ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ދުވަސްވީ ބައެއް އެކްޓަރުން އެ މީހުންގެ އުމުރާ ގުޅޭ ކަހަލަ ރޯލުތައް ކުޅެން ފަސްޖެހޭ ކަމަށެވެ.
ނަމަވެސް އޭނާއެއް އެރޯލުތައް ކުޅުމަށް ނޫނެކޭ ނުބުނާނެ ކަމަށާއި އެކްޓަރުން އެމީހުންގެ އުމުރުގެ ރޯލުތައް ކުޅެންޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާއަށް ވުރެ މާ ޒުވާން ބަތަލާއިންނާއި އެކު ލޯބީގެ ރޯލުތައް ނުކުޅޭނެ ކަމަށްވެސް މި އިންޓަވިއުގައި ސަންޖޭ ވަނީ ބުނެފައެވެ.
ސަންޖޭ ބުނީ އުމުރާ އެއްގޮތައް ކޮންމެ މީހަކުވެސް ބަދަލުވާން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި 60 އިން މަތީގެ އުމުރުގައި އާލިއާ ބަޓާ ރޮމެންސް ކުރަން ޖެހޭ ފިލްމްއެއް ކުޅެން ލާހިކު ނޫން ކަމަށް ވެސް ބުނެފައިއެވެ. އެދެމީހުން ވަނީ "ސަޅަކް2″ ގައި އެކުގައި މަސައްކަތް ކޮށްފައެވެ.
ބޮލީވުޑްގައި ގުނާލެވޭ އޭ ލިސްޓްގެ އެކްޓަރުން އެމީހުންނަށް ވުރެ އެތައްތަނެއް އުމުރުން ހަގު ބަތަލާއިންނާއެކުގައި ލޯބީގެ ފިލްމްތައް ކުޅެފައި އެބަހުއްޓެވެ.
ސަންޖޭ ދަތު މިހާރު ގިނައިން ކުޅެނީ އޭނާގެ އުމުރާ ގުޅޭ ވަރަށް ވަރުގަދަ ކެރެކްޓާ ތަކެވެ. އޭނާގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ "ކޭޖީއެފް ޗެޕްޓާ 2″ އެވެ.