އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުން ބޭރު ކޮށްލި މައްސަލާގައި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުން ބޭރު ކޮށްލި މައްސަލާގައި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

Author
ހުސެއިން
07 އޭޕްރިލް 2022 07:33
0

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާމް ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ޕަކިސްތާންގެ ގާނޫނުހަދާ މަޖިލަށް ބަލައި ނުގަތް މައްސަލާގައި ހުކުމް ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ތައްޔާރު ވެއްޖެއެވެ.

އިމްރާން ޚާންގެ ވެރިކަން ކުރާ ކޯލިޝަންގެ ބައެއް މެމްބަރު ޕާޓީ ދޫކޮށް މަޖިހުގެ އިދިކޮޅު ފަރާތްތަކާއި ގުޅު ހިސާބުން އިމްރާގެ ކޯލިޝަނަށް ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މަޖޯރިޓީ ގެއްލިފައެވެ.

ނަތީޖާއެއްގެ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލަ ޕާކިސްތާންގެ ގާނޫނު އަސާސީއާއި ޚިލާފްކަމަށް ވިދާޅުވެ، ގާނޫނުހަދާ މަޖިިހުގެ ނައިބު ރައީސްވަނީ އިތުބާރު ނެތްކަމުގެ މައްސަަ މަޖިލިހަށް ބަލައިވެސް ނުގެންފައެވެ. އަދި ޕާކިސްތާނުގެ ރައީސް ވަނީ ބޮޑުވަޒީރުގެ އެދިވަޑައިގަތުުމަށް ގާނޫނުހަދާ މަޖިލިސް އުވާލާ އާންމު އިންތިޚާބެއް ބޭއްވުމަށް ނިންމަވާފައެވެ.

އެހެންނަަމަވެސް. އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލިހަށް ބަލައި ނުގަތް މައްސަލަ އިދިކޮޅުފު ފަރާތްތަކުން މިހާރުވަނީ ޕާކިސްތާންގެ ސުޕްރީމް ކޯޓަށް ހުށަހަޅަފައެވެ. އަދި ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު މިހާރުވަނި މައްސަލައިގެން ހުކުމް އިއްވުމަށް ތައްޔާރު ވެފައެވެ.

އިދިކޮޅު މެމްބަރުންގެ އިއްތހާދުން އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ ކުރީކޮޅު ގާނޫނުހަދާ މަޖިލިހަށް ވައްދާފައި މިވަނީ، ޚާންގެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އޭނާއަށް އޮތް އިތުބާރު އަބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ޕާކިސްތާންގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކަށް އިންތިޚާބީ ދައުރެއްގައި މަގާމްގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.