ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަށް، ޕާކިސްތާންގެ ރައީސް އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލައިފިއެވެ.
ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިސް އެގައުމުގެ ރައީސް އުވާލާފައި މިވަނީ، ބޮޑުވަޒީރު އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުުރުމަށް ގާނޫނުހަދާ މަޖިލިހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓު ބަލައިނުގަނެ، ގަނޫނުހަދާ މަޖިލިހުގެ ނާއިބުރައީ އެމައްސަލަ ބޭރު ކޮށްލާފައި ވަނިކޮށެވެ. އޭގެ ކުރިން ބޮޑުވަޒީރު އިމްރާން ޚާންވަނީ، މަޖިލިސް އުވާލައްވާ އާ އިންތިޚާބަކަށް ދިއުމަށް ޕާކިސްތާންގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
ގާނޫނުހަދާ މަޖިލިހުގެ ނާއިބު ރައީސް، އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ބަލައިނުގަނެ، މައްސަލަ ބޭރު ކޮށްލާފައިވަނީ، އެއީ ބޭރުގެ ބާރުތަކުން ޕާކިސްތާނުގެ ޑިމޮކްރަސީގެ ތެރެއަށް ވަދެގަތުމަށް، ގާނޫނު އަސާސިއާއި ދެކޮޅަށް ކިންގާ އަމަލެއްކަމުގައި ބުނެއެވެ.
ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ފާއިތުވެދިޔަ ހަފްތާތަކުގައި ވަނީ، ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް 2018ވަނަ އަހަރު އެކުލަވާލު، ބަލިކަށި ކޯލިޝަން ރޫޅާލުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އިދިކޮޅު މެމްބަރުންގެ އިއްތހާދުން އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ ކުރީކޮޅު ގާނޫނުހަދާ މަޖިލިހަށް ވައްދާފައި މިވަނީ، ޚާންގެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އޭނާއަށް އޮތް އިތުބާރު އަބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ޕާކިސްތާންގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކަށް އިންތިޚާބީ ދައުރެއްގައި މަގާމްގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ޕާކިސްތާނުގެ ގާނޫނު އަސާސީގައި ވާގޮތުގެމަތިން، އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލީހަށް ވައްދާތާ 14 ދުވަހުގެ ތެރޭގައި، ގާނޫނުހަދާ މަޖިލިހުގެ ތިރިގޭގެ ރައީސް، ބޮޑުވަޒީރުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށްޓަކާ ވޯޓަށް އެހުމަށް ގާނޫނުހަދާ މަޖިލިސް އެއްކުރަން ޖެހެއެވެ.
އިމްރާން ޚާންގެ ޕާޓީން ހަދާފައިވާ ކޯލިޝަންގެ މެމްބަރުންނާއި، އަދި ޚިޔާލު ތަފާތުވެ ޕާޓީއާއި ދުރައް ގޮސްފައިވާ މެމްބަރުންނާއި ނުލާ، މަގާމްގައި ދެމި ހުރުމަށްޓަކާ ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންއަށް ބޭނުންވާ 172 ވޯޓު އޭނާގެ ޕާޓީއަށް ހަމައެއް ނުކުރެވެއެވެ. ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންގެ ޕާޓީއަށް އެކަނި ލިބިފައިވަނީ 155 ގޮނޑިއެވެ.
އިމްރާން ޚާންއާއި ޚިޔާލުތަފާތުވެ، އެޕާޓީގެ 17 މެމްބަރަކުވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.
ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިހުގައި އިދިކޮޅު އިއްތިހާދަށް ހަމަ ކުރެވިފައިވަނީ ޖުމްލަ 163 ގޮނޑިއެވެ. އެހެންނަމަވެސް އިމްރާން ޚާންގެ ޕާޓީއާއި ޚިޔާލު ތަފާތު ވެފައިވާ މެމްބަރުންގެ ތާއީދާއެކީ، އިދިކޮޅު އިންތިހާދަށް އިމްރާން ޚާންއާއި ދެކޮޅަށް ގޮޑިތަށް ހަމަ ކުރުމުގެ ފުރުސަތު ބޮޑެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިމްރާން ޚާން އެގައުމުގެ އިގްތިސާދާއި ޚާރިޖީ ސިޔާސަތު އޮޅުންބޮޅުން ކޮށްފައިވާ ކަމުގައެވެ.
ފާއިތުވެދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި އެއްވުމެއްގައި، ޕާޓީއާއި ޚިޔާލުތަފާތުވެފައިވާ މެމްބަރުން އަލުން ޕާޓީއާއި ގުޅުމަށް އިމްރާން ޚާންވަނީ ގޮވާލައްވާފައެވެ.
ޕާކިސްތާންގެ ސިޔާސި މަސްރހު ހަލަބޮލި ވެގެން ގޮސްފައިވާއިރު، އެގައުމުގެ ބާރުގަދަ އަސްކަރިއްޔާއިން ބުނެފައިވަނީ، ސިޔާސީ މަސްރަހުގައި ހިގާ ކަންކަމާ އަސްކަރިއްޔާއިން ނުބެހޭނެ ކަމުގައެވެ.