ޔަމަނުގައި ހަގުރާމަ ކުރަމުންދާ ފަރާތްތަކުން 2 މަސްދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެފައިވާކަން ޔޫއެންއިން ހާމަ ކޮށްފިއެވއެވެ.
މިއީ 2016ގެ ފަހުން ޔަމަނުގެ ހުރިހާ ހިސާބެއްގައި ޔަމަނުގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަވެވުނު ފުރަތަމަ ފަހަރެވެ. ޔަމަނުގައި ހިގަމުންދާ އަހުލީ ހަގުރާމާގައި މިހާތަނަށް 400،0000 މީހުންވަނީ މަރުވެފައެވެ. މީގެ ތެރެއިން %60 މީހުން މަރުވެފައިވަނީ، ބަނޑުހައި ހޫނުކަމުގެ ސަބަބުންނާއި، ބޭހާއި ސާފު ބޯފެން ނުލުބުމިގެ ސަބަބުންނެވެ.
އިރާނުން އެހީތެރިކަން ފޯރު ކޮށްދެމުންދާ ހޫތީންނާއި، އަދި އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއާ އިސްކޮށް އޮތް ކޯލިޝަންއާއެކު މި ގާއިމް ކުރެވުނު ސުލްހައިގެ އެއްބަސްވުނ ދެފަރާތުން އެއްބަސްވެއްޖެނަމަ އިތުރު މުއްދަތަކަށް ދިގު ދަންމާލުމުގެ ފުރުސަތުވެސް އެއްބަސްވުމުވައި ވަނީ ލިބިދީފައެވެ. މި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ހޫތީންނާއި ސައުދީ ކޯލިޝަނުން ހޮނިހިރު ދުވަހުން ފެށިގެން ހަގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ހޮނިހިރު ދުވަހަކީ އިސްލާމީ ގިނަ ގައުމުތަކަށް، ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ.
ޔަމަނުގައި ހަގުރާމަކުރަމުންދާ ފަރާތްތަކުން މިހާރު ފެށިގެން ކުރިޔަށްދާ ރޯދަމަހަށް އަމާޒުކޮށް ހަގުރާމަ ހުއްޓާލުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، ޔޫއެން މެދުވެރިވެ އެކުލަވާލެވުނު މި އެއްބަސްވުމަކީ، މާ ބޮޑަށްވެސް ލަސްވެފައިވާ "ޔަމަނުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ރައްކާތެރިކަމެއް،" ކަމުގައި ވިދާޅުވައެވެ.
ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ފަރާތްތައް ސުލްހަ ވެއްޖެކަން އިއުލާން ކުރައްވާފައިވަނީ، ޔޫއެންގެ ސްޕެޝަލް އެންވޯއި ހަންސް ގްރަންޑްބާރޖުއެވެ.
"ހަނގުރާމަ ކުރަމުންދާ ފަރާތްތަކުންވަނީ، ސުލްޙަވުމަށް ނިންމާ، ޔަމަނުގެ އެތެރެއާއި އަދި ބޯޑަރު ކައިރީގައި ކުރިަޔށްދާ މެރިޓައިމް އޮޕަރޭޝަންޔަކާއި، ވަޔާއި އަދި އެއްގަމުގައި ހިގަމުންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފަ،" ޔޫއެންގެ ސްޕެޝަލް އެންވޯއި ނެރިއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޔަމަނުގައި ހިގަމުންދާ އަހުލީ ހަގުރާމައިގެ ސަބަބުން އެގައުމުގެ އެތައް މިލިއަން ރައްޔުތުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް ހިޖުރަ ކޮށްފައެވެ. އަދި އިތުރު އެތައް މިލިިޔަން މީހުންނަށް ވަނީ ބަނޑުހައި ހޫނުކަމާއި ކުރިމަޔިލާން ޖެހިފައެވެ. ޔޫއޭއީން ބުނެފައިވަނީ ޔަމަނަށް މިހާރު ކުރިމަތިވެފައިވަނީ ދުނިޔޭގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމުގައެވެ.