ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި 9 ބޭފުލެއްގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ތިއްބެވި ފަސް މެންބަރުންގެ ދައުރު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެމަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޠާގެ އޮފީހުން ހުޅުވާލުމުން 9 މީހަކު ވަނީ ކުރިމަތިލާފައެވެ. އެނަންތަކުގެ ތެރެއިން 5 ބޭފުޅަކު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޢައްޔަންކޮށްދެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުެއްވެވިމައްސަލަ މިއަދުގެ ޖަލްސާއަށް އަމީން ޢާންމު ވަނީ އިއްވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި މެންބަރުންނަކީ:
1- ޙަސަން ޒުހައިރު މުޙައްމަދު/ ގ.މާވާރުލު
2- އަލްއުސްތާޛް ނަސްރުﷲ ޖަމީލް/ ނަލަމަލަ/ލ.މާވަށް
3- އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
4- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
5- އައިމިނަތު ފަރީޝާ/ ވައިލެޓް ފެހި/ ގދ.ހޯނޑެއްދޫ
6- އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
7- ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
8- އަޙްމަދު ޞަލާހު/ އިރުވާކޮޅުގެ/ތ.އޮމަދޫ
9- އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883
5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.
ކޮމެންޓު ފޮނުވާ