ރެސިޕީ: ސްޕޮންޖް ކޭކް

ރެސިޕީ: ސްޕޮންޖް ކޭކް

Author
ފާތިމަތު ނާވީ
10 އޭޕްރިލް 2022 07:45
0

ސްޕޮންޖް ކޭކަކީ ތަފާތު ގޮތްގޮތަށް ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. މިއަދު މި ހިމަނާ ލަނީ ވަރަށް ފަސޭހައިން މަދު އިންގްރިޑިއަންޓްސް ބޭނުން ކޮށްގެން ތައްޔާތު ކޮށްލެވިދާނެ ސްޕޮންޖް ކޭކެކެވެ.

އަދި ހަމަ އެހެންމެ ކޭކުގެ ފޮނި މަޑުވުމުގެ އިތުރުން ކޭކުވެސް ވަރަށް މަޑުވާ ގޮތަށް މި ކޭކު ފިހެލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 5 ބިސް
  • 1 ޖޯޑު ހަކުރު (210 ގްރާމް)
  • އެއް ޖޯޑު ފުށް (130 ގްރާމް)
  • 1/2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް:

ބިސް ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ހަކުރު ކޮޅު އަޅައިގެން ފޯމް ޓެކްސްޗަރއަށް ވަންދެން ގިރަމުން ގެންދާށެވެ. ބިސްގަނޑު ފޯމް ހެން ވުމުން ފުށްކޮޅާއި ބޭކިން ޕައުޑަރ އަޅައި ރަނގަޅަށް އެއް ކޮށްލާށެވެ.

ބޯމިނުގައި ޓްރޭގައި ބަޓަރު ފަށަލައެއް އުނގުޅާލާށެވެ. ކޭކު ފިހަން ލުމުގެ ކުރިން އަވަން 350 ޑިގްރީގައި ޕްރިހީޓް އަށް ޖައްސާށެވެ. މި ކޭކު ގިނަ އިރުތަކެއް ނުވެ ފިހެވޭނެއެވެ.

މައްޗަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުނުކަން ޔަގީންކުރުމަށް ޓޫތު ޕިކެއް ކޭކަށް ހަރާލާށެވެ. ޓޫތު ޕިކް ސާފުކޮށް ހުރި ނަމަ ކޭކު ރަނގަޅަށް ފިހެވުނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.