ތަފާތު ވައްތަރުގެ ޓޯސްޓަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި އަނގަޔަށް ވެސް މީރު ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. އަދި ހަމައެހެންމެ ކުޑަކުދިންގެ މެދުގައިވެސް ވަރަށް މަގުބުލު އެއްޗެކެވެ. ބިޒީ ޝެޑިއުލެއްގައި އުޅޭ ނަމަ މިއީ ވަގުތު ސަލާމަތް ކޮށްދޭނެ ބާވަތެކެވެ. އެގޮތުން މިއަދު މި ހިމަނާލަނީ ޗީޒީ ޔަމީ ޓޯސްޓް ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާނެ ތަކެތި:
- 2 ފޮތި ޕާން
- ½ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
- 1 ބިސް
- 2 ސަމުސާ ފުށް
- ¼ ސަމުސާ ބޭކިން ޕައުޑަރ
- ½ ސަމުސާ ލޮނު
- ¾ ޖޯޑު މޮޒެރެއްލާ ޗީޒް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަށްޓަކަށް ފިޔާ، މިރުސް، ބިސް، ފުށް ބޭކިން ޕައުޑަރު، ލޮނު، ޗީސް އަޅާލުމަށް ފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެކުވަންދެން އެއްކޮށްލާނީއެވެ.
އެއަށްފަހު 2 ފޮތި ޕާނުގެ ކައިރިނެގުމަށްފު މެދުން ފަޅި ކޮށްލާށެވެ. އަދި ކޮންމެ ފަޅިއެއްވެސް ކުރިން ތައްޔާރު ކުރި ބިސް މިކްސްގެ ތެރެއަށް އަޅާލާށެވެ.
އެއަށްފަހު ތަތް ނުލަވާ ތަވައިގައި ފިއްސެއް ބޭނުން ކޮށްގެން ތެޔޮ ފޮދު އުނގުޅާލާށެވެ. އަދި ދެ ފުށް ވެސް ގޯލްޑަން ބްރައުން ކުލަ އަރަން ދެން ފިހެލާށެވެ. އެއަށް ފަހު ޗީޒްކޮޅު ހޫނު ޕާންފޮތި މައްޗަށް އަޅައިލާށެވެ. މިހާރު ހުންނާނި ޗީޒީ ޔަމީ ޓޯސްޓް ތައްޔާރުވެފައެވެ.
ކޮމެންޓު ފޮނުވާ