ޔުނައިޓެޑުގެ ކޯޗު ގެންގުޅޭ އުސޫލްތަކުން ޕޮގްބާ ހިތްހަމައެއް ނުޖެހޭ: ޑިޝޯންޕްސް

ޔުނައިޓެޑުގެ ކޯޗު ގެންގުޅޭ އުސޫލްތަކުން ޕޮގްބާ ހިތްހަމައެއް ނުޖެހޭ: ޑިޝޯންޕްސް

މެންޗެސްޓަރ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރ ޕައުލޯ ޕޮގްބާ ހުރީ ޔުނައިޓެޑުން ކަންތައްކުރާ ގޮތުން އެންމެ ހިތްހަޖެހިފައި ނޫންކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯންޕްސް ބުނެފިއެވެ.

ގައުމީ ޓީމުގެ ކޭމްޕްގައި ކުރިޔަށްދާ ތަމްރީނުގެ ތެރެއިން ވާހަދައްކަމުން ޑިޝޯމްޕްސް ބުނީ ޔުނައިޓެޑުގެ ކޯޗު އޮލަގަނަ ސޯލްޝެއަރގެ ބައެއް އުސޫލްތަށް ހުންނަގޮތުން ޕޮގްބާ ހިތްހަމަނުޖެހޭކަމަށެވެ. ހާއްސަކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޕޮގްބާ ބޭނުންކުރާތީ އޭނާ ހުރީ ހިތްހަމަނުޖެހިފަކަމަށެވެ. މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑު ކުޅުނު 11 މެޗުގެ ތެރެއިން ޕޮގްބާއަށް ފުރަތަމަ އެގާރާއިން ފުރުސަތު ލިބިފަވަނީ އެންމެ ފަސްމެޗުގައެވެ.

އެންމެފަހުން ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕޮގްބާ ބޭނުން ކޮއްފަވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައިއެވެ. އޭނާ މެޗުގައި ކުޅެންނުކުތީ 82ވަނަ މިނިޓުގައިއެވެ. ފްރާންސްގެ ކޯޗު ޑިޝޯންޕްސް ބުނީ މިވަގުތު ކުޅުންތެރިޔާ ހުރީ ރަނގަޅު ހާލަތުގައި ނޫންކަމަށާއި އަނިޔާއިން އެނބުރި އައިފަހުން އޭނާ އަސްލުފޯމަށް އަދި އެނބުރި ނާންނަކަމަށެވެ.

"މިވަގުތު އޭނައަށް އެންމެ ބޮޑަށް ބޭނުންވަނީ އޭނަގެ އަސްލު ކުޅުން އަނބުރާ ގެނައުން. އަހަރެންނަކަށް އެއީ އެހާ ބޮޑު މައްސަލައެއް ނޫން. ކުލަބުގައި އޭނައަށް އުނދަގޫ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނަސް ފްރާންސް ޓީމާއެކު އޭނަ ހުރީ ވަރަށް އުފަލުން"

– ޑިޝޯންޕްސް

ޑިޝޯންޕްސް ބުނީ އެއީ އޭނާ އަށް އެހާ ބޮޑު މައްސަލައެއް ކަމަކަށް ނުދޭކަމަށާއި ފްރާންސްގެ ގައުމީޓީމުގައި ކުޅުންތެރިޔާ ހުރީ ހިތްހަމަޖެހިގެންކަމަށެވެ. މިހާލަތުގައި އޭނާއަށް މަދުން ފުރުސަތު ދިނުމާއި އޭނާ ލައްވާ ކުޅުވާ މަގާމުގެ ސަބަބުން ޔުނައިޓެޑާ ދޭތެރޭ އެހާ ހިތްހަމަ ނުޖެހޭކަމަށް ވެސް ފްރާންސްގެ ކޯޗު ބުންޏެވެ. މިހާރު ގައުމީ ޓީމުގެ ކޭންޕާ ގުޅިފާވާ ކުޅުންތެރިޔާއާ ގުޅޭގޮތުން ޑެޝޯމްޕްބުނީ އެނާ ޕޮގްބާ ވަރަށް ރަނގަޅަށް ދަންނަކަމަށާއި ރަނގަޅު ވިސްނުމަކާއެކު އޭނާއާ އެކު ރަނގަޅު މިސްރާބަކަށް ދެވިދާނެކަމަށެވެ.

ޕޮގްބާ ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު ޔުވެންޓަސްއިންނެވެ. ފްރާންސް ގައުމީ ޓީމް ކޭންޕްކޮށްފައި ވަނީ ކުރިޔަށް އޮތް ފިންލޭންޑް، ޕޯޗުގަލް އަދި ސްވިޑެން މެޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *