އިނގިރޭސިލީގުގައި އެންމެފަހުން ޝެފީލްޑްޔުނައިޓެޑު އަތުން ހޯދި މޮޅުވި މެޗަކީ މި ސީޒަނުގައި ޗެލްސީ އެންމެ ރަނގަޅުކުޅުމެއް ދެއްކި މެޗުކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑު ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން ލަންޕާޑް ބުނީ މެޗު ޗެލްސީ ދެއްކީ ފުރިހަމަ ކުޅުމެއްކަމަށާއި ނަތީޖާމެދު ހިތްހަމަ ޖެހޭކަމަށެވެ. އޭނާ ބުނީ ސީޒަނާ ކުރިމަތިލީ އަނިޔާ ސަބަބުން ބައެއް ކުޅުންތެރިންނާ ނުލާއިކަމަށާއި އަދި ޕްރީސީޒަންނަށް ވެސް އެންމެ އެކަށީގެންވާ ވަގުތު ނުލިބިނު ކަމުގައިވިޔަސް ޓީމުއެކުގައިކުރުވުނު މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށެވެ. މިފަދަ ނަތީޖާ ތައް ނެރުނުކަމުގައި ވިޔަސް ޗެލްސީ އަބަދުވެސް އޮންނާނީ ހަމަބިމުގަ ކަމަށެވެ.
ޓީމުގައި އެއް ވަރަށް މަސައްކަތް ކުޅުންތެރިން ތިބުމަކީ މުހިންމުކަމެއް، މިއީ ވަރަށް ދިގު ލީގެއް އަދި ހަމަކޮންމެގޮތެއް ވެސް ވެދާނެ، ލީގުގައި ރަނގަޅު ހިސާބަކުން ނިންމާލަން ބޭނުންކަމުގައި ވާނަމަ މިމެޗުގައި އަހަރެމެން ދެއްކިފަދަ ކުޅުމެއް ދައްކަންޖެހޭ.
– ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗް ލަމްޕާޑް ބުނެފައިވެއެވެ.
ޗެލްސީގެ ކޯޗުކަމުގައި ދެވަނަ ސީޒަން ހޭދަކުރަމުންދާ ލަންޕާޑު ބުނީ ކުރިޔަށް އޮތީ ގޮންޖެހުން ބޮޑުދުވަސްތަކެއް ކަމަށާއި ދެހަފްތާއަށް ކުޅުންތެރިން ގައުމީޓީމަށް ދޫކޮއްލުމަށްފަހު އެނެއްކާވެސް ގޮންޖެހުން ބޮޑު މެޗަކާ ޗެލްސީން ކުރިމަތިލާނެކަމަށެވެ. މެޗުގައި ޓީމުން ދެއްކި ކުޅުންރަނގަޅުކަމަށާއި މިފަދަ ކުޅުމެއް ޗެލްސީ ސީޒަނުގައި ދެއްކިއްޖެ ކަމަށް ވާނަމަ ކާމިޔާބު ހޯދޭނެކަމަށް ލަންޕާޑު ބުނިއެވެ.
ޗެލްސީ ވަނީ އެޓީމުން އެންމެފަހުން ކުޅުނު ހަތަރު މެޗުގައި 14 ލަނޑުޖަހާފައެވެ. ލީގުގައި ޗެލްސީ ވަނީ 8 މެޗުން 15 ޕޮއިންޓް ހޯދާފައެވެ.