އިންޑިއާގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 10:56
0

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ދެ ދުވަހުގެ މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރެވި، މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.