ޑިފެންސް ނުކުރެވުމުގެ މައްސަލަ ހައްލުކުރެވޭނީ ޓީމުއެކީގައި މަސައްކަތްކޮށްގެން: އެންޗެލޯޓީ

ޑިފެންސް ނުކުރެވުމުގެ މައްސަލަ ހައްލުކުރެވޭނީ ޓީމުއެކީގައި މަސައްކަތްކޮށްގެން: އެންޗެލޯޓީ

Author
އިބްރާހީމް ސާޢިދު
09 ނޮވެމްބަރ 2020 10:21
0

އިނގިރޭސިލީގުގައި އެވަންޓަންއަށް ޓީމަށް ދިމާވެފަވަނީ ޑިފެންސުން ރަނގަޅަށް ނުކުޅެވޭ މައްސަލަ ކަމަށާއި މައްސަލަ ހައްލުކުރެވޭނީ ޓީމުއެކީގައި މަސައްކަތްކޮށްގެންކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

އެންމެފަހުން ޔުނައިޓެޑު އަތުން ބަލިވުމުން މިއީ އެހާ ރަނގަޅުވަގުތެއް ނޫންކަމަށް އެޓީމު ކޯޗު ކާލޯ އެންޗެލޯޓީ ބުނެއެވެ. ލީގުގެ ފުރަތަމަ ފަސްމެޗުން މޮޅުވުމަށްފަހު އެޓީމު ވަނީ ވިދިވިދިގެން ތިންމެޗުން ބަލިވެފައެވެ. ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑު އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ޓީމުގެ ފަހަތުން ހަދަމުންދާ ގޯސްތަކުން މެޗުތަކުން މޮޅުވުމަށް އުނދަގޫ ވެފަވާކަމަށެވެ. މި ލިބުނު ކުޑަ ބްރޭކުގައި އެކަމަށް މަސައްކަތްކުރާނެކަމަށާއި ބައިނަލްއަގުވާމީ މެޗުތަކަށްފަހު ލީގުގައި ފުރަތަމަ އެވަޓަންގެ ފަރާތުން ފެނުނު މޮޅުކުޅުން ފެންނާނެކަމަށް އުންމީދުކުރާ ކަމަށް އެންޗެލޯޓީ ބުނެފައިވެއެވެ.

އަހަންނަކަށް ހިޔެއްނުވޭ މިއީކީ އެންމެ ރަނގަޅުވަގުތުހެން ، މިހާލަތުން އަވަހަށް އަރިގަތުން  މުހިންމު ، އުންމީދު ކުރަން ބްރޭކަށްފަހު ސީޒަނު ފެށުނުއިރު ދެއްކިކުޅުން ފެންނާނެކަމަށް.

– އެންޗެލޯޓީ

އޭނާ ބުނީ އެންމެ ފަހުތިން މެޗުން ރަނގަޅު ނަތީޖާއެއް ނުހޯދި ބްރޭކްއަށް ދާންޖެހުމުން އުނދަގޫކަމަށާއި އެފަދަ ނަތީޖާތައް ދެން ތަކުރާރުވާނެކަމަށް އުންމީދުކުރާކަމަށްެވެ. ލީގުގައި މިހާތަނަށް ކުޅުނު އަށްމެޗުން އެވަޓަންއަށް ހޯދުނީ 13 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.