ލީޑަރުންގެ އިންޒާރު ޕުޓިންއަށް: ކެމިކަލް ހަތިޔާރުގެ ބޭނުން ނުކުރާތި!

ލީޑަރުންގެ އިންޒާރު ޕުޓިންއަށް: ކެމިކަލް ހަތިޔާރުގެ ބޭނުން ނުކުރާތި!

Author
ހުސެއިން
24 މާރޗް 2022 11:17
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އެގައުމުގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު، ހުޅަނގާއި ނޭޓޯގެ ލީޑަރުން ރަޝިއާއަށް ދީފިއެވެ.

މިއަދު ބްރަސަލްސްގައި ކުރިޔަށްދިޔަ ނޭޓޯގެ ލީޑަރުންގެ އިމަޖެންސީ ބައްދަލުވުމަށްފަހު، ރަޝިއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އަދި ނޭޓޯގެ ގައުމުތަކުގެ ރައްކާތެރިކަށް އިތުރުކުރުމަށްވެސް ނޭޓޯގެ ލީޑަރުންވަނީ އެއްބަސްވެފައެވެ. މިގޮތުން ލީޑަރުންވަނީ، ޔޫކުރެއިންގެ ހަގުރާމައިގައި އަމަލީގޮތުން ބައިވެރިނުވެ، ޔޫކުރެއިންއަށް ދެމުންދާ އަސްކަރީ އެހީތެރިކަން އިތުރު ކުރަމުން ގެންދިއުމަށް ނިންމާފައެވެ.

ލީޑަރުންގެ އިމަޖެންސީ ބައްދަލުވުމަށްފަހު ގައުމުތަކުގެ ލީޑަރުންވަނީ ވަކިވަކިން ނޫސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މި ނޫސްވެރިންގެ ބައްދަލު ކުރެއްވުންތަކުގައި ނޫސްވެރިންވަނީ، ރަޝިއާއިން ޔޫކުރެއިންގައި ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަމަ އޭގެ ނަޖީތާ ނިކުމެގެންދާނޭ ގޮތްތަކާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

"ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ، ޕުޓިން ޖަވާބުދާރީ ކުރުވާންނަ. ޖަވާބުދާރީ ކުރުވާނޭ ގޮތެއް ބިނާވެގެން ދާނި، ކެމިކަލް ހަތިޔާރުގެ ބޭނުން ކުރާ ގޮތެއްގެ މައްޗަށް،" ރަޝިއާއިން ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަ އަމަލުކުރާނޭ ގޮތަކާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑްން ވިދާޅުވެފައި ވެއެވެ.

ބައިޑްންގެ ކުރިން ނުސްވެރިންނަށް މައުލޫމާތު ދެއްވަނުން ނޭޓޯގެ ސެކެޓްރީޖެނެރަލް ވިދާޅުވެފައިވަނީ، ރަޝިއާއިން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބަލާ، ނޭޓޯގެ ގައުމުތަކުން ކެމިކަލް، ބޮއލޮޖިކަލް އަދި ނިއުކުލިއަރ ޑިފެންސް ސިސްޓަމްތައް ވަރުގަދަ ކުރަމުންދާ ކަމުގައެވެ.

ޖާމަނީގެ ޗާންސެލަރ އޮލާފް ޝޯލްޒް ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިންގައި ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އެކަން ވެގެންދާނީ، "މިހާތަނަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކާއި، ސޮއި ކޮށްފައިވާ ހުރިހާ ކޮންވެންޝަންތަކާވެސް ޚިލާފުވުން" ކަމުގައެވެ. "އެކަން ނުކުރާތި،" ޕުޓިންއަށް އިންޒާރު ދެއްވަމުން ޝޯލްޒް ވިދާޅުވެފައި ވެއެވެ.

މިއަދު ނޭޓޯގެ ލީޑަރުން ބޭއްވެވި އެމަޖެންސީ ބައްދަލުވުމަށްފަހު، ބައިޑްން ވިދާޅުވެފައިވަނީ، ނޭޓޯގެ މުޅި ތާރީޚުގައިވެސް މިއަށްވުރެ ނޭޓޯ އެއްބައިވަންތަ ވީ ދުވަސްވަރެއް އަދި އައިސްފައި ނުވާކަމަށެވެ. އަދި ބައިޑްން ވިދާޅުވީ، ޕުޓިން ހިސާބު ޖައްސަވާފައިވަނީ އޭގެ އިދިކޮޅަށް ކަމުގައެވެ. އަދި އޭނާއާއި ވާހަކަ ދައްކަވަމުން، ނޭޓޯއަށް މި މިންވަރަށް އެއްބައިވަންތަ ނުވެވޭނެކަމަށް ޕުޓިން ވިދާޅުވެފައިވާކަމަށް ބައިންޑްން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފުޓިން
ކުއްތާމެން އިސްލާމީގައުމުތަހަލާކުކޮށް ވައްވަޖަހަނީ އިސްރާއީލުން ފަލަދްތީނުގެމީހުންމަރާހުސްކުރާއިރު ކުއްތާމެން ދެލޮލަހުންނަނީމޮހޮރުޖަހާފާ