މިއީ ދުނިޔޭގެ އެކި ހިސާބުގައި މަޝްހޫރު ކޭކެކެވެ. މި ކޭކު އެންމެ މަގުބޫލީ ފިލިޕީންސް ގައެވެ. މިއީ ވަރަށް މަޑު އެހާމެ މީރު ކޭކެކެވެ. މި ކޭކާއި އެކު ކަޅު ކޮފީ އަކީ ވަރަށް ރަނގަޅު ކޮންބިނޭޝަނެކެވެ.

ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ހަކުރު ( މީ ކެރަމަލް ހެދުމަށް)
ކަސްޓަޑު ހެދުމަށް
- 6 ބިސް
- 1 ދަޅު ގެރިކިރު
- 1 ޖޯޑު ދިޔާ ކިރު
- ބައި ޖޯޑު ހަކުރު
ކޭކު ހެދުމަށް
- 1 ސައިސަމުސާ ބޭކިންގ ޕައުޑާ
- ބައި ޖޯޑު ދިޔާ ކިރު ( ކިރުކޮޅު ބަހައްޓާނީ 1 ޖޯޑު ފެނާއި އެއްކޮށްފަ)
- 1 ސައިސަމުސާ ގާނާފައި ހުރި ލުނބޯ ތޮށި
- 6 ބިހުގެ ޔޯކްސް (ރީނދޫ ބައި)
- ބައި ޖޯޑު ހަކުރު
- 1/2 1 ޖޯޑުގެ ފުށް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކެރަމަލް ކޮޅު ހެދުމަށް ތަވައަކަށް ހަކުރު ކޮޅު އެޅުމަށް ފަހު ކެރަމަލް ވަންދެން މަޑު ގިނީގައި ސަމުސަލަކުން ހަލުވަމުން ގެންދާށެވެ. ރަނގަޅަށް ކެރަމަލަށް ވުމުން ޓްރޭ އަކަށް އަޅާ ސެޓްކުރުމަށް ބައިންދާށެވެ.
ކަސްޓަޑްކޮޅު ހެދުމަށް ފުރަތަމަ ބިސް ތައްޓެއްގައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަަހު ދިޔާ ކިރު ކޮޅާއި ހަކުރު އެޅުމަށް ފަހު ރަނގަޅަށް ހުރިހާ އެއްޗެއް މިކްސްވުމުން ގެރިކިރުދަޅުވެސް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލެވުމުން ކެރަމަލް ކޮޅު އެޅި ޓްރޭއަށް އަޅާލާށެވެ.
ކޭކު ފުށްގަނޑު ހެދުމަށް އެންމެ ފުރަތަނަ ބިހުގެ ޔޯކްސް (ރީދޫބައި) ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ހަކުރު އަޅަމުން ގެންދާށެވެ. ހަކުރު އަޅާއިރު އެއްކޮށް އެޅުމުގެ ބަދަލުގައި ކުދި އެތިކޮޅުކޮޅުން އަޅަމުން ގެންދާށެވެ. ހަކުރު އަޅާ ނިމުމުން 2 މިނިޓް ވަންދެން ގިރާލާށެވެ. އެއަށްފަހު ހަކުރު އެޅިހެން އެތިކޮޅު ކޮޅުން ފުށް އަޅަމުން ގޮސް އެއްކޮށްލާށެވެ. އެއްވުމުން ދިޔާ ކިރުކޮޅު އަޅަމުން ކޭކު މިސްޗަރ ގެ ދިޔާމިން ހުންނަ ވަރަށް ފުއްގަނޑަށް ކިރުއަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ލުނބޯ ތޮށިކޮޅުވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ކޭކު ފުށްގަނޑު ނިމުން ކުރިން ކެރަމަލް އަދި ކަސްޓަޑް އެޅި ޓްރޭއަށް މަޑުމަޑުން އަޅާ ލާށެވެ. އެއަށްފަހު 350 ޑިގްރީ ހޫނުމިނުގައި ކޭކު ފިހެލާށެވެ. ފިހަން ލުމުގެ ބައި ގަޑިއިރު ކުރިން އަވަން ޕްރީހީޓް ކުރަންވާނެއެވެ.
ކޭކު ފިހާއިރު ކޭކު ޓްރޭއަށް ވުރެ ބޮޑު ޓްރޭއަކަށް ފެން އެޅުމަށްފަހު އެ ޓްރޭ ތެރޭގައި ކޭކް ޓްރޭ ބައިންދައިގެން 60 މިނިޓް ވަންދެން ފިހެލާށެވެ. ފިހެވުމުން އައިސް އަލަމާރީގައި ގަޑިއެއްގެ އިރަށް ކޭކު ސެޓުކުރުމަށް ބައިންދަން ވާނެއެވެ. އޭރަށް ކަސްޓަޑް ކޭކު ތައްޔާރު ވީއެވެ.
ކޮމެންޓު ފޮނުވާ