މައިލޯ ކޭކަކީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުަމަށް ތައްޔާރު ކުރެވިދާނެ ބާވަތެކެވެ. ރޯދަ މަހުގައި ތާފާތު ވައްތަރުތައް ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތް ތަކަށް މިއީ ރަނގަޅު އެއްޗަކަށް ވާނެއެވެ. ހަމަ ޔަގީނުންވެސް ކޭކަށް ލޯބި ކުރާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި:
- 225 މިލިލީޓަރު ދިޔާ ކިރު
- 3 ބިސް
- 2 ޖޯޑު މައިލޯ
- 2 ޖޯޑު ފުށް
- 3/4 ޖޯޑު ބަޓަރު (އަންސޯލްޓަޑް)
- 3/4 ޖޯޑު ހަކުރު
- 3 ސަމުސާ ކޮކޯ ޕައުޑަރ
އައިސިންގ ތައްޔާރުކުރުމަށް:
- ބައި ޖޯޑު ބަޓަރު (އަންސޯލްޓަޑް)
- 5 ޖޯޑު އައިސިންގ ޝުގާ
- 1 ދަޅު ގެރިކިރު
- 1 ސައި ސަމުސާ ވެނީލާ އެސެންސް
- 100 މިލިލީޓަރު ދިޔާ ކިރާއި 1/4 ޖޯޑު މައިލޯ އެއްކޮށްފައި ވަކިން ބަހައްޓާ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރާއި ހަކުރު ހޭންޑް މިކްސަރަކުން ރަނގަޅަށް ގަށާލާށެވެ. އެއަށްފަހު ބިސް އެއްކުރަމުން ގެންދާނީއެެވެ. އެއްކުރާނީ ފަހަރަކު ބިހެކެވެ. ބިސްތައް ރަނގަޅަށް ގަށާލެވުމުން މައިލޯ އަޅާފައި އެއްކޮށްލާށެވެ.
ވަކިން ތައްޓެއްގައި ފުށާއި ބޭކިންގ ޕައުޑަރު އެއްކޮށްލާފައި ބަހައްޓާށެވެ. އަބަދުވެސް ހަދާން ކުރަން ޖެހޭ ކަމަކީ ކޭކް އެޅުމުގައި ބޭނުން ކުރާ ފުށް ފުރޭނުމެވެ. ކޭކު ފުށްގަނޑުތެރެޔަށް އެއްކުރަމުން ގެންދާށެއެވެ. އެއަށްފަހު ކިރު ބައިބަޔަށް އަޅަމުން އެއްކުރަމުންދާށެވެ.
ދެން ޓްރޭއަކަށް އަޅާލުމަށް ފަހު 35 – 40 މިނެޓް ވަންދެން 180 ޑިގްރީ ސެލްސިއެސްގައި ފިހެލާށެވެ.
ކޭކު ފިހެވޭ ގަޑިގައި އައިސިންގ ތައްޔާރުކޮށްލުމަށް ބަޓަރުކޮޅު ގަށާލާށެވެ. ދެން އައިސިންގ ޝުގާގެ އެއްބައި އަޅާފައި ގިރާލާށެވެ. އެއަށްފަހު ގެރިކިރުދަޅު އަޅައި، ރަގަޅަށް ހުރިހާ އެއްޗެއް ގަށާލާށެވެ. ދެން ބާކީ ހުރި ހަކުރުކޮޅު އެއްކޮށްލާ، ވެނީލާ އެސެންސްފޮދު އެއްކޮށްލާށެވެ.
ކޭކު ފިހެވުމުން 3 ލޭޔަރަށް ކަފާލާފައި، ވަކިން އެއްކުރި މައިލޯ އަދި ކިރު މިކްސްޗަރު ފަހަރަކު ފަށަލައެއްގެ މައްޗަށް އަޅައިލާށެވެ.
ދެން ފަހަރަކު ފަށަލައެއްގައި އައިސިންގ އުނގުޅުމަށް ފަހު، މަތިމައްޗަށް އަތުރާލާށެވެ. އެއަށްފަހު ކޭކު ވަށާ އައިސިންގ ޖަހައި، މައްޗަށް ހިކި މައިލޯ ކޮޅެއް ބުރުވާލާފައި ފިނިކުރާށެވެ.
ކޮމެންޓު ފޮނުވާ