މެންގޯ ލައްސީ އަކީ އިންޑިއާގައި މަޝްހޫރު ބުއިމެކެވެ. އިންޑިގެ ގިނަ ބާވަތް ތަކަކީ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ބާވަތް ތަކެކެވެ. އެ ގޮތުން ލައްސީއަކީ ދިވެހިންގެ މެދުގައި މަގްބޫލް ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:
- ދެ ތަށި ލޯ ފެޓް ޔޯގަޓް
- ދެ ތަށި އަނބު
- 1 މޭޒުމަތީ ސަމުސާ މާމުއި
- 1 ސައިސަމުސާ ފޮނިތޮށި ( މުގުރި)
- 1 ސައިސަމުސާ ލުނބޯ ހުތް
- 1/2 ޖޯޑު ފެން
- އައިސްކިއުބް
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ އެއްޗެއް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާނީއެވެ. ފޮނި ރަހަ ހެޔޮވަރު ނޫންނަމަ އިތުރަށް މާމުއި އަޅާނީއެވެ. މީރު މީރު މެންގޯ ލަސީ ތައްޔާރުވީއެވެ.
ކޮމެންޓު ފޮނުވާ