ރެސިޕީ: ބްލޫބެރީ ސްމޫތީ

ރެސިޕީ: ބްލޫބެރީ ސްމޫތީ

Author
ފާތިމަތު ނާވީ
07 އޭޕްރިލް 2022 06:52
0

ރޯދަމަހަށް ތައްޔާރުކޮށްލެވިދާނެ ތަފާތު ބުއިންތަކުގެ ތެރެއިން މިއަދު މި ގެނެސްދެނީ ބްލޫބެރީ ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ބްލޫބެރީ (ތާޒާ ނުވަތަ ގަނޑުކޮށްފައި)
  • 1 ތަށި ޔޯގަޓް (ޕްލެއިން)
  • 3/4 ޖޯޑު ރެޑިއުސްޑް-ފެޓް ކިރު
  • 2 މޭޒުމަތީ ސަމުސާ ހަކުރު
  • 1/2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
  • 1/8 ސައިސަމުސާ ތަކޫވައް (ހިމުންކޮށް ގާނާފައި)

ތައްޔާރު ކުރާނެ ގޮތް:

މަތީގައި ބުނެވުނު ހުރިހާ އެއްޗެއް މިކްސަރަށް އަޅާފައި މިކްސަރު ޖައްސާށެވެ. އޮލަ ވަންދެން ގިރެންދެން ބަހައްޓާއިރު، އިރުއިރުކޮޅާ ސަމްސަލަކުން ކައިރިފަށް ސާފުކޮށްލާށެވެ. އެއްކޮށް އޮލަވުމުން، ބިއްލޫރި ތަށްޓަށް އަޅާފައި ބޯންވީއެވެ. ބޮޑަށް މީރުވާނީ ފިނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.