އެވަކާޑޯ އަކީ ގިނަގުނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ކުޑަ ދަރިފުޅަށް 6 މަސް ވުމުން ކާންދިނުމަށް އެންމެ ރަގަޅު ބާވަތް ތަކުގެ ތެރޭގައި އެވަކާޑޯ ހިމެނެއެެވެ.
މިއަދު މި ކިޔައިދެނީ އެވަކާޑޯ އިން ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
2 ޖޯޑު އެވަކާޑޯ ( ހަތަރެސް ކަނަށް ބޮޑެތިކޮށް ކޮށާފައި)
1/2 ޖޯޑު ފިޔާ ( ހަތަރެސް ކަނަށް ބޮޑެތިކޮށް ކޮށާފައި )
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1/2 މޭޒުމަތި ސަމުސާ އަސޭމިރުސް
ލޮނު ( ރަހަލާވަރަށް)
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށް ފަހު ސަމުސަލަކުން މަޑުމަޑުން އެއްކޮއްލާށެވެ. ރަހަ ހޮޔޮވާ ވަރަށް ލޮނު އެޅުމުން ސެލެޑް ތައްޔާރު ވީއެވެ.
ކޮމެންޓު ފޮނުވާ