އެންމެ މޮޅު އެތުލީޓަކަށް ސާއިދު އާއި ނަބާ

އެންމެ މޮޅު އެތުލީޓަކަށް ސާއިދު އާއި ނަބާ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 09:48
0

ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ހޮވި އެންމެ މޮޅު އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި، ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައި ހިމެނޭ އެތުލީޓުންގެ ތެރެއިން ސްޕޯޓްސްމަން އޮފް ދަ އިޔަރގެ އެވޯޑު ކާމިޔާބުކުރީ ސާއިދުއެވެ. އަދި ސްޕޯޓްސް ވުމަންގެ އެވޯޑު ހާސިލްކުރީ ނަބާހާއެވެ. ދެވަނައަށް އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދް ޒަކީ ހޮވުނުއިރު، ތިންވަނަ ހާސިލްކުރީ ވޮލީބޯޅައިގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު އާދަމް ނަސީމްއެވެ. ރާއްޖޭގެ ދެވަނައަށް އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އެއްވަނަ ހާސިލްކުރި ނަބާގެ އެއްބަނޑުއެއްބަފާ ބެޑްމިންޓަން ތަރި އާމިނަތު ނަބީހާއެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ކާމިޔާބުކުރީ ޓޭބަލް ޓެނިސްގައި ވިދާލާފައިވާ ޒުވާން ފާތިމަތު ދީމާ އަލީއެވެ.

އެންމެ މޮޅު އެތުލީޓުންގެ މަގާމު ހާސިލުކުރި ކުޅުންތެރިން:

– އެންމެ އުންމީދީ އެތުލީޓް (އަންހެން) – އެއްވަނަ: ފާތިމަތު ދީމާ އަލީ
– އެންމެ އުންމީދީ އެތުލީޓް (އަންހެން) – ދެވަނަ: އައިޝަތު ހިމްނާ ހަސަން
– އެންމެ އުންމީދީ އެތުލީޓް (އަންހެން) – ތިންވަނަ: އައިޝަތު ރަފާ ނާޒިމް
– އެންމެ އުންމީދީ އެތުލީޓް (ފިރިހެން) – އެއްވަނަ: ނިބާލް އަހްމަދު
– އެންމެ އުންމީދީ އެތުލީޓް (ފިރިހެން) – ދެވަނަ: އިބާދުﷲ އާދަމް
– އެންމެ އުންމީދީ އެތުލީޓް (ފިރިހެން) – ތިންވަނަ: އަލީ އިމާން
– ސްޕެޝިއަލީ އޭބަލްޑް އެތުލީޓް (ފިރިހެން): މުހައްމަދު މާޒިން
– ސްޕެޝިއަލީ އޭބަލްޑް އެތުލީޓް (އަންހެން): ހައްވާ އީޝަލް ރިޔާޒް

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022″ މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑް ޙަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.