އާސެނަލް ބަލިކޮށް އެސްޓަންވިލާ ހަވަނައަށް

އާސެނަލް ބަލިކޮށް އެސްޓަންވިލާ ހަވަނައަށް

Author
އިބްރާހީމް ސާޢިދު
09 ނޮވެމްބަރ 2020 11:48
0

އިނގިރޭސި ލީގުގައި އާސެނަލް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ.

އެސްޓަން ވިލާ އިން ފުރަތަމަ މިނިޓްގައި ޖޯން މެކްގިންގެ ލަނޑުން ލީޑުނެގި ނަމަވެސް އޮފްސައިޑްގައި ހުރި ރޮސް ބާކްލީ އާސެނަލްގެ ކީޕަރު ބާން ލޭނޯ އަށް ހުރަސް އެޅުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ.

އެސްޓަން ވިލާ އިން ފުރަތަމަ ހާފުގައި ލީޑުނެގި ގޯލަކީ އާސެނަލްގެ ބުކާޔޯ ސަކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފްގައި އެސްޓަން ވިލާގެ އަނެއް ދެ ގޯލު ޖެހީ އޮލީ ވަޓްކިންސް އެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ 11 ވަނައިގައި 12 ޕޮއިންޓާއެކުގައެވެ. އަދި މެޗުން މޮޅުވި އެސްޓަން ވިލާ އޮތީ ތާވަލުގެ 6 ވަނައިގައި 15 ޕޮއިންޓާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.