މިލާން އެއްވަރުވެ އެެއްވަނައިގަ ފަރުގު ކުޑަވެއްޖެ

މިލާން އެއްވަރުވެ އެެއްވަނައިގަ ފަރުގު ކުޑަވެއްޖެ

ގުޅުންހުރި

އިޓާލިއަން ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް މިލާން އެއްވަރުވީ އަމިއްލަ ދަނޑުގައި ވެރޯނާއާ ވާދަކޮށް 2-2 ލަނޑުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެރޯނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮނިން ބަރަކެވެ. ވެރޯނާއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މި ލަނޑަކީ މިލާނުގެ ޑޭވިޑް ކަލާބްރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިލާނުން ވަނީ ފަރަގު ކުޑަކުރި ލަނޑަކީ ވެރޯނާގެ ޖިއަންޖިއާކޮމޯ މަންޗާނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ނަތީޖާ އެއްވަރުކުރުމަށް މިލާނަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 65 ވަނަ މިނެޓުގައެވެ. އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އިތުރު ވަގުތުގައި އިބްރަހިމޮވިޗް ވަނީ ލަނޑެއް ޖަހާ މި މެޗުން މިލާން ސަލާމަތްކޮށްދީފައެވެ. މި ލަނޑުޖެހުމުގެ ކުރިން މިލާނުން ވަނީ ލަނޑެެއްޖަހާފައެވެ. ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ނަތީޖާތަކާއެކު އިޓާލިއަން ލީގުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު ހަތް މެޗުން 17 ޕޮއިންޓާއެކުއެވެ. ދެވަނާގަ ސަސުލޯ އޮތީ މިލާނަށްވުރެ ދެޕޮއިންޓް މަދުން ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *