އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީއިން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ފަސްވަނަ ބުރުގައި ޕީޓަރބޮރޯ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންންވެ. ޕީޓަރބޮރޯގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް ސިޓީއަށް ވަނީ މިމެޗްގެފުރަތަމަ ހާފްގައި ޕީޓަރބޮރޯގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވެފައެވެ.
މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ ރިޔާދު މަހްރެއިޒެވެ. އަދި ދެވަނަ ލަނޑު އޭގެ ހަތް މިނެޓްފަހުން ޖަހައިދިނީ ޖެކް ގްރީލިޝްއެވެ. މިމެޗް ދެލަނޑު ސުންލަނޑުން ސިޓީއަށް ކާމިޔާބު ކުރެވުނު ނަމަވެސް މިމެޗް ސިޓީއަށް މާފަސޭހަ މެޗަކަށް ވެގެނެއް ނުދިޔައެވެ.
މިމެޗް ފެށުމުގެ ކުރިން ދެޓީމްގެ ކެޕްޓަނުން ވަނީ ޔޫކްރެއިނަށް ތާއީދު ކުރުމުގެ ގޮތުން ޔޫކްރެއިން ދިދަ ހިފައިގެން ފޮޓޯއަކަށް ހުއްޓިފައެވެ. އަދި މިމެޗްގައި ސިޓީގެ ކެޕްޓަނަކަށް ފެނާންޑީނިއޯ ހަމަޖެއްސި ނަމަވެސް އޭނަވަނީ ކެޕްޓަން ބޭންކް މިމެޗަށް ޔޫކްރެއިނަށް ނިސްބަތްވާ ސިޓީގެ ކުޅުންތެރިއެއް ކަމަށްވާ އޮލެގްޒެންދަރ ޒިންޗެންކޯއަށް ކެޕްޓަން ބޭންޑް ދީފައެވެ. މިއީ ސިޓީއިން ޒިންޗެންކޯ އާއި ޔޫކްރެއިން ރައްޔިތުންނާއެކު ތިބިކަން ރަމްޒު ކޮށްދިނުމުގެ ނިޔަތުގައި ކުރި ކަމެކެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ޒިންޗެންކޯ އަށް އަސަރު ކޮށްފައިވީ ނަމަވެސް މެޗްގައި ކުޅެވޭ ވަރަށް އޭނާ ފިޓްކަމަށެވެ.
މިކާމިޔާބީއާއެކު ސިޓީ މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައިވާއިރު އެޓީމް ދެން ބައްދަލުކުރާ ޓީމެއް ކަށަވަރު ވާނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.