ފަޓީ އަށް އަނިޔާވެ ބާސާއަށް އިތުރު ގޮންޖެހުމެއް

ފަޓީ އަށް އަނިޔާވެ ބާސާއަށް އިތުރު ގޮންޖެހުމެއް

Author
އިބްރާހީމް ސާޢިދު
08 ނޮވެމްބަރ 2020 07:50
0

ބާސެލޯނާގެ އަންސޫ ފަޓީގެ ކަކުލަށް ލިބުނު އަނިޔާއާއެކު އެކުލަބަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެއެވެ.

ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި އަންސޫ ފަޓީގެ ކަކުލުގެ މެނިސްކަން ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް ފަރުވާ ހޭދަވާނެ މުއްދަތަކަންކަން ބުނަން އަދި މާއަވަސް ކަމަށް ކުލަބުން ހާމަކުރެއެވެ. މިބާވަތުގެ އަނިޔާއިން އާމުކޮށް ރަނގަޅުވެގެން އަންނަ ތިންމަސްދުވަހުގެ މުއްދަތެއް ނަގައެވެ.

އަންސޫ ފަޓީގެ އަނިޔާއާ ގުޅިގެން ކޯޗު ކޯމަން ބުނެފައި ވަނީ އަވަހަށް އަނިޔާއިން ރަނގަޅުވެ ކުޅުންތެރިޔާ ދަނޑުމަތިން ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. ބާސާއިން މިމަހުގެ 21 ވަނަ ދުވަހު އެ ޓީމުން ވަރުގަދަ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގައި ފަޓީއަށް ކުޅެވިދާނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

ފަޓީ އަންނަނީ މިސީޒަނުގައި ބާސެލޯނާގައި މޮޅުކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.