ސަންޖޭ އާއި ރަވީނާ އެކުގައި ފިލްމަކުން

ސަންޖޭ އާއި ރަވީނާ އެކުގައި ފިލްމަކުން

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2022 07:55
0

ބޮލީވުޑްގައި 90 ގެ އަހަރުތަކުގައި އެންމެ މަގުބޫލު ދެ ތަރިން ކަމުގައިވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން އެކުގައި ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.

ބިނޯއީ ގާންދީ ޑައިރެކްޓް ކުރާ މި ފިލްމަކީ ކޮމެޑިއެކެވެ. މި ފިލްމުގެ ނަމަކީ "ގުޅްޗައްޑީ" އެވެ. ފިލްމުގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފައެވެ.

ސަންޖޭ އާއި ރަވީނާގެ އިތުރުން ކުޝާލީ ކުމާރު، ޕާތް ސަމްތާންވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ. މިއީ ވަރަށް މަޖާ ކަންތައްތަކެއް އެކުލެވިގެން ވާނެ ފިލްމްއެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ބޫޝާން ކުމާރު، ކިޝަން ކުމާރު، ނިދީ ދައްތާ އަދި ބިނޯއި ގާންދީ ޕްރޮޑިއުސް ކުރާ "ގުޅްޗައްޑީ"ގެ އިތުރުން "ކޭއެފްޖީ: ޗެޕްޓަ 2″ އިންވެސް ރަވީނާ އާއި ސަންޖޭ އެކުގައި ފެންނާނެއެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން އެ ފިލްމު އަޅުވާ ތާރީހުވެސް އަންނަނީ ފަސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.