ސްޕެނިޝް ލަލީގާގައި ފަސްމެޗުން މޮޅެއް ނުހޯދި ދިޔުމަށްފަހު ބާސެލޯނާއިން ލީގުގައި މޮޅެއް ހޯދައިފިއެވެ.
އަމިއްލަދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-2 ލަނޑުންނެވެ. މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮއްދިނީ އޮސްމާނޭ ޑެންބެލޭ "އެންޓޮނީ ގްރީޒްމަން" ފެޑްރީގެ އިތުރުން ލިއޮނަލް މެސީއެވެ. މެސީ ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށް ދީފައެވެ. މެޗުގައި މެސީ ކުޅެން ނުކުމެފަވަނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަހާފްގައެވެ.
މި ސީޒަންގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ހަލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނެލްޓީންނެވެ. މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑަކީ މިސީޒަންގައި ކުޅުމުގެ ތެރެއިން އޭނާ ކާމިޔާބުކުރި ފުރަތަމަލަނޑެވެ. މެޗުގައި ބެޓިސްގެ އައިއްސާ މަންޑީ އަށްވަނީ ގަސްތުގައި ބޯޅައިގަ އިތްލުމުގެ ސަބަބުން ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ.
ރޭ ލީގުގައި ސެވިއްޔާ އޮސަސޫނާ ވާދަކުރި މެޗުން 1-0 ލަނޑުން ސެވިއްޔާއިން ކުރި ހޯދިއިރު އެތުލެޓިކޯ މެޑްރިޑުން ވަނީ ކާޑިޒް އަތުން 4-0 ލަނޑުން މޮޅުވެފައެވެ. މެޗުގައި ޖާއޯ ފެލިކްސް ވަނީ އެތުލިޓިކޯއަށް ދެލަނޑުޖަހާދީފައެވެ. މިމެޗުން ހޯދި މޮޅާއެކު ހަތްމެޗުން 17 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ ވަނީ ތާވަލުގެ އެއްވަނައަށް ކުރިޔަށްޖެހިލާފައެވެ. ބާސާ މޮޅުވި ނަމަވެސް އެއްވަނައިގަވާ އެތުލެޓިކޯއަށް ވުރެ ހަޕޮއިންޓް މަދުން ހޯދައިގެން ބެޓިސްގެ ފަހަތުން އެޓީމް އޮތީ ތާވަލުގެ އަށްވަނައިގައެވެ.