މިއީ ދުނިޔޭގެ އެންމެ ހަގު ޔޯގާ އިންސްޓްރަކްޓަރ!

މިއީ ދުނިޔޭގެ އެންމެ ހަގު ޔޯގާ އިންސްޓްރަކްޓަރ!

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2022 07:50
0

ދުނިޔޭގެ އެންމެ ހަގު، ސެޓިފައިޑް ޔޯގާ އިންސްޓްރަކްޓަރުގެ މަގާމް އުމުރުން އެންމެ 9 އަހަރުގައި އިންޑިއާގެ ކުއްޖަކު ހޯދައިފިއެވެ.

ނުވަ އަހަރުގެ ރޭޔާޝް ސުރާނީ ދުނިޔޭގެ އެންމެ ހަގު، ސެޓިފައިޑް ޔޯގާ އިންސްޓްރަކްޓަރަކަށް ވުމުން އޭނާގެ ނަން ދުނިޔޭގެ ރިކޯޑު ފޮތަށްވެސް ވަނީ އަރާފައެވެ.

އިންޑިއާއިން އުފަން ވެގެން އައި ކަސްރަތުގެ ބާވަތެއް ކަމުގައިވާ ޔޯގާ އަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މަގުބޫލު ވައްތަރެއްގެ ކަސްރަތެކެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގެ ޔޫޓިއުބް ޗެނަލްގައި ޕޯސްޓްކޮށްފައިވާ ރޭޔަޝް ގެ ވީޑިއޯ ކޮޅުން ފެށިގެން އަންނަނީ އޭނާ ގެ ތައާރަފާއި، މިހާ ހިސާބަށް އައުމަށް ކުރި މަސައްކަތް ކިޔައިދޭ މަންޒަރެވެ. އަދި ވީޑިއޯގައި އޭނާވަނީ ޔޯގާ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އުމުރުން އެންމެ ހަތަރު އަހަރުގައި ޔޯގާ ހަދަން ފެށި ރޭޔަޝްއަށް 200 ގަޑީރުގެ ޔޯގާ ޓީޗަރސް ޓްރެއިނިންގ ކޯސް ފުރިހަމަ ކުރުމަށްފަހު، ސެޓްފިކެޓް ލިބުނީ 27 ޖުލައި 2021 ގައި އާނަންދް ޝޭކަރް ޔޯގާ ސްކޫލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.